Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ އިންތިޚާބު

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

ޖަލްސާގައި ޕީޕީއެމްއަށް ނިސްބަތްވާ ވިލިނގިލީގެ ހުރިހާ ކައުންސިލަރުން ބައިވެރިވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 އެޕްރީލު 2017 | ހުކުރު 13:59
ގއ. ވިލިނގިލީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރ، މުޙައްމަދު ފާރޫޤު

ގއ. ވިލިނގިލީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރ، މުޙައްމަދު ފާރޫޤު

މިނިވަންކަމަށް ހުދޫދު ކަނޑައަޅާ ބަޔަކީ ފަނޑިޔާރުން ކަމުގައި ވެއްޖެ ނަމަ އެއީ ހައްދެއް އޮތް ކަމެއް ނޫން ކަމަށާއި، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަން ޖެހޭ ކަމަށް ގއ. ވިލިނގިލީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު މުޙައްމަދު ފާރޫޤު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ، އިދިކޮޅު އެމްޑީޕީން ބޭއްވި ލާމަރުކަޒީ ރާއްޖެ، ސިލްސިލާގެ ގއ. ވިލިނގިލީ ޖަލްސާގައި ވާހަކަދައްކަވަމުން ފާރޫޤު ވިދާޅުވީ، ރައްޔިތުންނަށް ލިބެންވީ ޙައްޤުތައް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކުރެވިފައިވާ ކަމަށާއި، ނަމަވެސް މިނިވަންކަމަށް ހުދޫދު ކަނޑައަޅާ ބަޔަކީ ފަނޑިޔާރުން ކަމުގަ ވެއްޖެ ނަމަ އެއީ ހައްދެއް އޮތް ކަމެއް ނޫން ކަމަށެވެ. ފާރޫޤު ވަނީ މި ޤައުމު ގާޒީންގެ ނުފޫޒުން ސަލާމަތްކޮށް، ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލައި، ނިގުޅައިގެންފައިވާ ދުލުގެ މިނިވަންކަން ރުޖޫޢަކޮށްދީ، ގާޒީންނާއި ދުރަށް ޖެހިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ގޮވާލައްވާފައެވެ.

Advertisement - newsAdvertisement

ފާރޫޤު ވިދާޅުވީ، ޤައުމު މިވަގުތު ވެއްޓިފައިވާ ވަޅުގަނޑު އެންމެ ރަނގަޅަށް އެނގޭ އެއް ރައްޔިތަކީ ވިލިނގިލީ ރައްޔިތުން ކަމަށާއި، ފަނޑިޔާރުން ފާޅުގައި ކެމްޕެއިން ކުރާ މަންޒަރު ވިލިނގިލީ ރައްޔިތުންނަށް ފެނި، އެކަމުގެ ހެކި ހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ ފުން ވަޅުގަނޑު، އިޙުސާސް ކުރެވޭނީ މިކަން ތަޙައްމަލް ކުރެވޭ ބަޔަކަށް. އެގޮތުން، ވިލިނގިލީގެ ލޮބުވެތި ރައްޔިތުންނަކީ، މިއަދު މި ވަޅުގަނޑުގެ އެންމެ ފުނަށް ވެއްޓިފަ ތިބި ބައެކޭ ދެންނެވުމަކީ ކުށަކަށް ނުވާނެ. ފާޅުގަ، މަގުމަތީގަ ފަނޑިޔާރުން ކެމްޕެއިނަށް ހިނގާ. މިކަން އަޑަށް ބާރުލާފަ މިބުނަނީ، ސާބިތު ކުރެވޭ ފަދަ ހެކިތައް ވިލިނގިލީގެ ރައްޔިތުންގެ ލޯމަތިން ފެނިފަ ހުރީމަ،"އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެރޭގެ މި ޖަލްސާގައި ވިލިނގިލީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގެންފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ ފާރޫޤު ވިދާޅުވީ، ޤައުމާއި ޤައުމުގެ ދަރިން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކަށްވާއިރު، ޤައުމީ ބޮޑެތި ކަންކަމުގަ އެއްގަލަކަށް ނޭރެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

އެކިއެކި ކައުންސިލްތަކުގައި ތިބި ޕީޕީއެމްގެ ހުރިހާ ފަރާތްތައް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ފަހަތަށް ވަޑައިގަތުމަށް ގޮވާލައްވާ، ފާރުޤު ވަނީ އެފަރާތްތަކުން ވެސް، އިސްލާހީ މަސައްކަތާއި ގުޅިވަޑައިގެން، އިދިކޮޅު ކޯލިޝަން ތެރެއިން މަސައްކަތް ފެއްޓެވުމަށް ދަޢުވަތުދެއްވާފައެވެ.

ރައީސް މައުމޫނަށް ބޮޑު ތާޢީދެއް އޮންނަ ގއ. ވިލިނގިލީގެ ކައުންސިލްގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން އެމްޑީޕީއާއި އެކުގައި މަސައްކަތްކުރައްވަން ފައްޓަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގައި ވިލިނގިލީ ދާއިރާ ތަމްޞީލު ކުރައްވާ ސަޢުދު ޙުސައިން، ސަރުކާރަށް ކުރެއްވި ތާޢީދު އަނބުރާ ގެންދަވައި، ރައީސް މައުމޫންގެ ފަހަތްޕުޅުން އިސްލާހީ މަސައްކަތަށް ނުކުމެވަޑައިގަތުމުން، ސަޢުދުއަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު