Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެލްޓަވިގޯ ކޮންޓްރެކްޓް

ސެލްޓަ ވީގޯއާ އެކު ވެފައިވަނީ އެންމެ ރަނގަޅު އެއްބަސްވުމެއް ނޫން: މައުސޫމް

24 ނޮވެމްބަރު 2020 | އަންގާރަ 18:43

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު

އަލީ ސަމާޚް
އަލީ ސަމާޚް | 24 ނޮވެމްބަރު 2020 | އަންގާރަ 18:43
ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖެ އިޝްތިހާރު ކޮށްފައި

ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖެ އިޝްތިހާރު ކޮށްފައި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ސްޕެނިޝް ލީގްގައި ކުޅޭ ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖެ އިޝްތިހާރު ކުރަން ހެދިފައިވަނީ އެންމެ ރަނގަޅު އެއްބަސްވުމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ސެލްޓައާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެއިން ހަރަދު ކުރާނެއެވެ.

Advertisement - newsAdvertisement

އަހަރުން އަހަރަށް ބަދަލު ގެނެވޭގޮތަށް ހެދި މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓާގެ ޖާޒީ އާއި ސްޓޭޑިއަމްގައި ރާއްޖޭ އިސްތިހާރު ކުރާނެއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ.

އެކަމާއި ގުޅުވައި ރާއްޖެޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމްގައި ސުވާލު ކުރުމުން ޑރ. މައުސޫމް ވިދާޅުވީ، އެ ކްލަބާ އެކު ވެފައިވާ އެއްބަސްވުމާއެކު ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން ރާއްޖެ އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ތޮއްޔިބުއާ އެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އެއަށް ފަހު ޑރ. މައުސޫމް ވިދާޅުވީ، ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެ ކްލަބާއެކު ވެފައިވަނީ އެންމެ ރަނގަޅަށް ހެދިފައިވާ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޔޫރަޕްގެ ކްލަބެއްގެ ޖާޒީއެއްގެ މޭމަތީގައި ރާއްޖެ އިޝްތިހާރުކުރާނަމަ 20 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭކަން ފާހަގަކުރައްވަމުން މައުސޫމް ވިދާޅުވީ، އެ އަދަދަކީ ފަތުރުވެރިކަން އިޝްތިހާރުކުރަން ދީފައިވާ ބަޖެޓަށް ވުރެވެސް ބޮޑު ބަޖެޓެއް ކަމަށްވާއިރު އެފަދަ ކަމެއް ކުރާއިރު އެކަން ކުރަން ޖެހޭނީ އެންމެ އެދެވިގެންވާ ގޮތަށް ކަމަށެވެ. ރާއްޖެ އިޝްތިހާރުކުރަން ދީފައިވާ ބަޖެޓަކީ 10 މިލިއަން ޑޮލަރެވެ.

މީގެ ކުރިން ހަދާފައިވާ އެއްބަސްވުންތަކުގެ އުވާލަން ޖެހުމުން ސަބަބުން ބަދަލުގައި ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހޭތީވެ ސެލްޓައާ އެކު ވެފައިވާ އެއްބަސްވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އިޝްތިހާރުކުރަން ވެފައިވާ އެއްބަސްވުމަކީ އެންމެ ރަނގަޅު އެއްބަސްވުމެއް ނޫން ކަމަށް ޑރ. މައުސޫމް ވިދާޅުވެފައިވާއިރު އެއްބަސްވުމުގެ ދަށުން ސެލްޓައިން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް އެކި ގޮތްގޮތުން އެހީވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް، އެ ކްލަބުގެ ޓްރެއިނިންގ ފެސިލިޓީތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެން ދާނެ ކަމަށް ވެސް އޭރު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓާގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީނުވުމުގެ ފުރުސަތުވެސް ފަހިކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް