Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ

އައްޑޫ ޑިޓޮކްސް ސެންޓަރަކީ މުޖުތަމައުގެ ބޭނުންތައް ފުއްދުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަމުގެ މިސާލެއް: އިންޑިއާ ސަފީރު

24 ނޮވެމްބަރު 2020 | އަންގާރަ 12:33

މަސްތުވާތަކެތީގެ ވަބާ އަކީ ރާއްޖޭގެ ރަށްތަކުގެ މުޖުތަމައުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ނޮވެމްބަރު 2020 | އަންގާރަ 12:33
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް

އައްޑޫގައި ގާއިމުކުރެވިގެންދާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރަކީ ރާއްޖެއާ ގުޅިގެން ކުރެވޭ ތަރައްގީގެ މަސައްކަތުގައި، މުޖުތަމައުގެ ބޭނުންތަކާއި އުންމީދުތައް ފުއްދުމަށް ދެވޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ލާމަސީލު މިސާލެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު މިހެން ވިދާޅުވެފައިވަނީ އައްޑޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ އިމާރާތްކުރުމުގެ ކޮންޓްރެކްޓް ހަވާލުކުރުމަށް އަންގާރަ ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުދީރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ ރަށްތަކުގެ މުޖުތަމައުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މިހާރު ވެސް ހަތަރު ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ ގާއިމުކުރެވިފައިވީ ނަމަވެސް، ޑްރަގް ޑީޓޮކްސިފިކޭޝަން އަދި ކޮމިއުނިޓީ ރީހެބިލިޓޭޝަން ސާވިސްތަކަށް ބޭނުންވެފައިވާ ފަރާތްތަކުގެ އަދަދު ގިނަ ކަމަށް ފާހަގަކުރައްވާ ހައިކޮމިޝަނަރ ވަނީ މިފަދަ އިތުރު ސެންޓަރުތައް ގާއިމް ކުރެވިގެން ދިއުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ ސަފީރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރީހެބިލިޓޭޝަން ހިދުމަތްތަކާއި އެމީހުންގެ އާއިލާތަކަށް އަދި މުޖުތަމައުއަށް ހިތްހަމަޖެހުން ގެނެސްދޭނެ މިފަދަ މަޝްރޫއުއެއް ހިންގުމަށް އެހީވެވޭކަމީ އިންޑިއާއިން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ޑިވެލޮޕްމެންޓަލް އެސިސްޓެންސް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ލޯކަލް ކޮމިއުނިޓީތަކަށް އެންމެ އެކަށޭނެ އަދި އެންމެ ފައިދާ ކުރުވަނިވި މަޝްރޫއުތަކަށާއި، ރާއްޖޭގެ އިގްތިސާދު ވަރުގަދަވެ ކުރިއަރުމަށް މަގުފަހިކޮށްދޭނޭފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުތަކަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ އެންމެ މުހިންމު އެއް ބައި ކަމަށް ފާހަގަކުރައްވާ އިންޑިއާ ސަފީރު ވަނީ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ މަސައްކަތް އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރެވިގެންދާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރަކީ އިންޑިއާގެ ހިލޭ އެހީގެ އަށް މިލިއަން ރުފިޔާ ބޭނުންކޮށްގެން އިމާރާތްކުރެވޭ ސެންޓަރެކެވެ. މި ސެންޓަރުގައި ޑީޓޮކްސިފިކޭޝަން، ކޮމިއުނިޓީ ރީހެބިލިޓޭޝަން އަދި ރެޒިޑެންޝަލް ރީހެބިލިޓޭޝަންގެ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް