Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަން

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައިސް އުފެއްދުން ހުއްޓުނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 ފެބުރުއަރީ 2017 | އާދީއްތަ 11:20
އައްޑޫ ސިޓީ ހިތަދޫގައި މިފްކޯ އިން ގާއިމްކޮށްފައިވާ އައިސް ޕްލާންޓް: ޚިދުމަތް ދެވޭނެ ދުވަހެއް ބުނަން ނޭނގޭ

އައްޑޫ ސިޓީ ހިތަދޫގައި މިފްކޯ އިން ގާއިމްކޮށްފައިވާ އައިސް ޕްލާންޓް: ޚިދުމަތް ދެވޭނެ ދުވަހެއް ބުނަން ނޭނގޭ

އައްޑޫ ސިޓީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް މިފްކޯ އިން ގާއިމްކޮށްފައިވާ އައިސް ޕްލާންޓް ހަލާކުވެފައި ހުންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށްފައިވާ މިފްކޯގެ އައިސް ޕްލާންޓު މައްސަލަ ޖެހި، އައިސް ނުއުފެއްދޭތީ އެ ސިޓީގެ މަސްވެރިންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ. އެގޮތުން، އައްޑޫ އިން ގިނަ އަދަދަކަށް މަސްވެރިކަމަށް ދޯނިތައް ނިކުންނަ އިރު، އައިސް ހޯދުމަށް އެ ދޯނިތައް މިހާރު ދާންޖެހެނީ ހުވަދޫ އަތޮޅަށެވެ. އައިސް ޕްލާންޓް މައްސަލަ ޖެހި އައިސް އުފެއްދުން ހުއްޓުމަކަށް އައީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

މިފްކޯ އިން ބުނީ އައިސް ޕްލާންޓު ހުއްޓުމަކަށް އައީ ވަރަށް ބޮޑު މައްސަލައެއް ޖެހިގެން ކަމަށެވެ. އަދި މިހާރު ވެސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯ އިން ބުނެ އެވެ.

ނަމަވެސް، މައްސަލަ ހައްލުކޮށް، އަލުން އައިސް ދޫކުރަން ފެށޭނެ ދުވަހެއް މިފްކޯ އަކަަށް ބުނެދޭން ނޭނގުނެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް ވިދާޅުވީ އައްޑޫ ސިޓީ އައިސް ޕްލާންޓު ހުއްޓުމަކަށް އަންނަ މައިގަނޑު ސަބަބަކީ އެއީ ދެކޮޅު ނުޖެހޭ ވިޔަފާރިއަކަށް ވުން ކަމަށެވެ. ތައްޔިބް ވިދާޅުވި ގޮތުގައި ދެމެހެއްޓެނެވި ގޮތަކަށް އެފަދަ ވިޔަފާރިއެއް ކުރެވޭނީ އަމިއްލަ ފަރާތަކަށެވެ.

ތައްޔިބް ވިދާޅުވީ އައްޑޫ ސިޓީ މަރަދޫގައި އަމިއްލަ ފަރާތަކުން އައިސް ވިއްކުމުގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް، ކަރަންޓުގެ ޚަރަދުބޮޑުވުމުގެ ސަބަބުން މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ތައްޔިބް ވިދާޅުވީ ސަރުކާރުން މިފަދަ މަސައްކަތެއް ކުރުމަށް ވުރެ، އަމިއްލަ ފަރާތަކަށް ކަރަންޓް ސަބްސިޑީ ނުވަތަ އާންމު ރޭޓުގައި ކަރަންޓަށް ބިލް ކޮށްގެން މިފަދަ މަސައްކަތް ކުރުވާނަމަ ދެމެހެއްޓެނެވިކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ އައިސް ޕްލާންޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށާއި ގިނަ ފަހަރު ޑިމާންޑާ އެއްވަރަށް ސަޕްލައި ވެސް ކޮށްނުދެވޭ ކަމަށެވެ.

އަލީ ނިޒާރު ވެސް ވިދާޅުވި ގޮތުގައި މިފަދަ މަސައްކަތެއް ހުއްޓުމަކަށް ނައިސް ކުރެވޭނީ އަމިއްލަ ވިޔަފާރިވެރިއަކަށެވެ. އެގޮތުން، ސަރުކާރުން މިފަދަ ވިޔަފާރިތައް ކުރުމަށް ވުރެ އަމިއްލަ ވިޔަފާރިވެރިންނަށް ފުރުސަތު ދީފިނަމަ ފުރިހަަމަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.

އަލީ ނިޒާރު ވިދާޅުވީ، އެހެން ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ސަރުކާރުން ބިން ވެސް ދޫނުކުރާ ކަމަށެވެ. އަލީ ނިޒާރު ވިދާޅުވީ ސަރުކާރަށް މިކަން ނުކުރެވޭ ކަމަށް ވަންޏާ ހުއްޓާލުމަށް ފަހު، އަމިއްލަ ވިޔަފާރިވެރިންނާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

އައްޑޫ އައިސް ޕްލާންޓު ދޭތެރެ ދޭތެރެއިން މައްސަލަޖެހި، ދިގު މުއްދަތުތަކަށް އައިސް ލިބުން ހުއްޓިގެންދެ އެވެ. އެ ޕްލާންޓުން ދުވާލަކަށް 50 މެޓްރިކް ޓަނުގެ އައިސް އުފެއްދޭ ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.

އައްޑޫ އައިސް ޕްލާންޓުން އައިސް އުފެއްދުން ހުއްޓިފައި އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މަސްވެރިންނަށް ޚާއްސަ މެރީނާތަކެއް ހަދައިގެން ތެލާއި ފެނާއި ކާބޯތަކެއްޗާއި އައިސް ފަދަ ތަކެތި ލިބޭނެ ގޮތް ހަދައިދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު