Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ޓްވީޓް

ޝެއިހު އިމްރާނު ޖަލައްލުމަކީ ރައީސް ޔާމީނު އަނެއްކާ ވެސް ހިންގި ފިނޑި އަމަލެއް: ރައީސް ނަޝީދު

ޝެއިހު އިމްރާނު ޖަލަށް ލާފައިވަނީ މޭޑޭގައި ހިންގި މުޒާހަރާއަކާ ގުޅިގެން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 އެޕްރީލު 2017 | ހޯމަ 13:49
ރައީސް ނަޝީދު ލަންކާއަށް ދިޔަ ދަތުރު

ރައީސް ނަޝީދު ލަންކާއަށް ދިޔަ ދަތުރު

ޝެއިހު އިމްރާނު އަބްދުﷲ ޖަލައްލުމަކީ ރައީސް އަބްދުﷲ ޔާމީނު އަނެއްކާ ވެސް ހިންގި ފިނޑި އަމަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައިސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޝެއިހު އިމްރާން ޖަލަށް އަނބުރާ ގެންދިއުމަކީ އަނެއްކާވެސް ރައީސް ޔާމީން ހިންގެވި ފިނޑި އަމަލެއް ކަމަށާއި މިކަމަކީ އިދިކޮޅު ފަރާތްތަކުގެ އަޑު ހުއްޓުވާލުމަށް ކުރައްވާ ކަމެއް ކަމަށެވެ.

މިފަދަ ފިއްތުންތަކާ އެކުވެސް ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް ނަޝީދު ކުރި ޓްވީޓްގައި ބުނެފައި ވެ އެވެ.

ރައީސް ނަޝީދު މިފަދަ އިން ޓްވީޓްކުރައްވާފައިވަނީ އާދީއްތަ ދުވަހުގެރޭ ޝައިޚް އިމްރާން ކުއްލި ގޮތަކަށް އަނބުރާ ޖަލަށް ގެންގޮސްފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ޝެއިހު އިމްރާނު ވަނީ ހަށިގަނޑު ޖަލަށް ލިޔަސް، އަޒުމާއި ދިވެހި ރައްޔިތުންގެ ގުރުބާނީ ޖަލަށް ނުލެވޭނެ ކަމަށް ބުނެ އެވެ

ޝައިޚް އިމްރާން އަނބުރާ ޖަލަށް ގެންގޮސްފައި މިވަނީ، ޓެރަރިޒަމްގެ މައްސަލައިގައި 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން އާދީއްތަ ދުވަހު ތާޢީދު ކޮށްފައިވަނިކޮށެވެ.

އިމްރާން ކުރިން އައްސޭރި ޖަލުގައި ހުރި ނަމަވެސް އިމްރާން މިފަހަރު ބަދަލުކުރެވިފައި ވަނީ މާފުށީ ޖަލަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު