Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިޔުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ސްކޫލުތަކުގައި ވާރޗުއަލް ޓީޗިން ތަޢާރަފްކުރަން ނިންމައިފި

193 ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 އެޕްރީލު 2017 | ހޯމަ 13:25
އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް

އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް

ރާއްޖޭގެ ކިޔަވާ ކުދިންގެ ތެރެއިން ފަންސާސް އިންތައްސަ ކުދިންނަކީ ކުދި ސްކޫލުތަކުގައި ތައުލީމް ހާސިލްކުރަމުންދާ ކުދިން ކަމަށާއި މިކުދިންގެ ފެންވަރު މަތިކުރުމުގެ ގޮތުން ވާރޗުއަލް ޓީޗިން މިއަހަރުގެ ތެރޭގައި ތަޢާރަފްކުރުމަށް ވިސްނަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމްވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އައިޝަތު ޝިހާމް މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިގޮތަށް ނިންމާ ވާރޗުއަލް ޓީޗިން ތައާރަފްކުރުމަށް ނިންމީ މިފަދަ ކުދިންނަށް ވެސް ރަނގަ ތައުލީމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި ރާއްޖޭގެ ބޮޑު އާބާދީއެއްގެ ގިނަ ސްކޫލުތަކުގައި ކިޔަވަމުންދަނީ މަދު ކުދިން ކަމަށެވެ..

އެހެންކަމުން ކުދިންނަށްވެސް ކިޔަވައިދިނުމުގައި އައު އީޖާދީ ގޮތްތަކެއް ވިސްނާ މިއަހަރު ނިމުމުގެކުރިން ވާރޗުއަލް ޓީޗިންގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިހާމް ވިދާޅުވީ އެންމެ ކުއްޖެއްވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ސަމާލުކަމެއްދީ، ހުރިހާ ކުދިން ޝާމިލްވާގޮތަށް ތަޢުލީމީ ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދިނުމަށް ހަރުދަނާ ނިޒާމެއްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ 193 ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތައް ދަނީ ހިންގެމުން ކަމަށާއި އަދި މާލެއާއި އަތޮޅުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ތިން ސްޕެޝަލައިޒްޑް ސެންޓަރެއް ވަނީ ހުޅުވާފައި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް 39 ސްކޫލެއްގައި އިންކްލޫސިވް ޔުނިޓްތައް ހަދާ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ދަރިވަރުންގެ އާބާދީ މަދު ސްކޫލްތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް މަންފާ ކުރުވަނިވި ތައުލީމެއް ފޯރުކޮށްދިނުމަށް، ގިނަ ގްރޭޑްތަކެއް އެއްކޮށް އެއްކުލާސްރޫމެއްގައި ކިޔަވައިދިނުމަށް 39 ރަށެއްގައި މަލްޓި ގްރޭޑް އުސޫލުން ކިޔަވައިދޭން ވަނީ ފަށާފައި ކަމަށް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު