Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާއިބު ރައީސްކަމުން ޖަމީލް ވަކިކުރި މައްސަލަ

ޖަމީލުގެ "ނާޤާބިލް" ކަންކަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، މަޖިލިސް މެމްބަރުންނަކަށް ނޫން: ޖަމީލްގެ ވަކީލު

19 ނޮވެމްބަރު 2020 | ބުރާސްފަތި 10:42

ދައުލަތުގެ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ނޮވެމްބަރު 2020 | ބުރާސްފަތި 10:42
ރައީސް ޔާމީނާއެެކު ޖަމީލް: ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް

ރައީސް ޔާމީނާއެެކު ޖަމީލް: ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރެއްވި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަޙާފައިވާތީ، އެމައްސަލައިގެ އަޑުއެހުމެއް ބާއްވައިފި އެވެ.

އެމައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖަމީލްގެ ގާނޫނީ ވަކީލު، އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުން ޖަމީލް ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ "ނާޤާބިލް" ކަމުންކަމަށް ވިދާޅުވިއިރު، ޖަމީލުގެ "ނާޤާބިލް" ކަންކަން އެނގިވަޑައިގަންނަވާނީ ހުދު އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށެވެ. އެކަން މަޖިލީހުގެ މެމްބަރުންނަށް ކަނޑަ ނޭޅުއްވޭނެ ކަމަށެެވެ.

Advertisement - newsAdvertisement

ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރަން މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އޭރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އެވެ.

މިމައްސަލައާ ގުޅިގެން، ޖަމީލްގެ ފަރާތުން ވަކާލާތު ކުރައްވަމުން މުއިއްޒު ވަނީ، ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ވެސް ވިދާޅުވެދެއްވާފަ އެވެ. އެގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު އާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާކުރައްވަމުން ނުގެންދަވާތީއާއި އެމަސްއޫލިއްޔަތުތައް އެކަށީގެންވާ އަވަސް މިނެއްގައި ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އަދި ލިބިވަޑައިގެންފައިވާ ތައުލީމާއި ހުނަރާއި ތަޖުރިބާޔާ އަޅާބަލާއިރު، އެކަށީގެންވާ މިންވަރަކަށް މަސްއޫލިއްޔަތު އަދާކުރައްވަމުން ހަރަކާތްތެރިވެވަޑައި ނުގަންނަވާތީއާއި ސަރުކާރާއި ސަރުކާރުގެ ސިޔާސަތު ކުރިއެރުވުމަށްޓަކައި ދިފާއު ކުރެއްވުމަށް އެކަށީގެންވާ މިންވަރެއްގެ މަސައްކަތެއް ކުރައްވަމުން ނުގެންދަވާ ކަމަށެވެ. މީގެއިތުރުން ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކާ ގޮތްނޭނގޭ ގުޅުންތަކެއް ބާއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭތީއާއި އެތުހުމަތުތަކަށް ޖަވާބުދާރީވެވަޑައި ނުގަންނަވާތީއާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އެކަށީގެންވާ މިންވަރަށް އަދާ ނުކުރައްވާ ހާލުގައި، އެކަމާ ނުބައްދަލު ބޮޑެތި ޚަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރައްވަމުން ގެންދަވާތީއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުގައި ހުންނެވި ޖަމީލު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުން ވަކިކުރަން ހުށަހަޅުއްވާކަމަށް އެގަރާރުގައި ވެއެވެ.

މުއިއްޒު ވިދާޅުވީ ޖަމީލުގެ ނާޤާބިލްކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތުން އެއްވެސް ބަޔާނެއް އަދި އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާއިރު، މަޖިލީހުގެ މެމްބަރުންނަށް ޖަމީލުގެ ނާޤާބިލްކަން ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވިދާނެ ހާލަތްތަކުގެ ތެރޭގައި "ނާޤާބިލުވުން" ގާނޫނުއަސާސީ ބަޔާންކޮށްފައިވެ އެވެ.

މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ، ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އޭގެ ބޭނުމަކީ މަޖިލީހުގެ ނިންމުންތަކަށް ހިމާޔަތް ދިނުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސަކު ވަކިކުރަން ނިންމާ ނިންމުމަކާ މެދު ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވީނަމަވެސް، ނައިބު ރައީސަކު ވަކި ކުރުމާ ގުޅިގެން އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނެތް ކަމަށާއި އެެހެންކަމުން އެމައްސަލަ ބެލޭނެ ހަމައެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް