Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާއަށް ދަރަނި ދެއްކުން

ރައީސް ނަޝީދުގެ އާދޭސް ޗައިނާ ސަރުކާރަށް: ރާއްޖެއަށް ތިހެން ނުހައްދަވާ!

މި ހާލަތަކީ ދަރަނި ދެއްކުމަށް އެންމެ ރަނގަޅު ވަގުތު ނޫން: ނަޝީދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2020 | އަންގާރަ 12:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައި މިވާ ދަނޑިވަޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއަށް އާދޭސް ދަންނަވައިފި އެވެ.

އަންގާރަ ދުވަހު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮވިޑާއި ގުޅިގެން އިގްތިސާދު ހީނަރުވެފައި މިވާ ދަނޑިވަޅުގައި ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް، ދެއްކުމުގައި އެއްވެސް ލުޔެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވަނީ ރާއްޖެއިން މި ދަނޑިވަޅުގައި ޗައިނާ ފަދަ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމަކަށް އަނބުރާ ދައްކަން ޖެހޭ ފައިސާ ދައްކާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެެވެ.

ޖޯޝާ ފޯރީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާއިން ލޯނު ނުނަގާ ކަމަށް ވިދާޅުނުވާނެ ކަމަށާއި މި ހާލަތަކީ ދަރަނި ދެއްކުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން ކިތަންމެ 'ހުތުރު' މަންޒަރެއް ސިފަވެގެން ދިޔަ ނަމަވެސް އެ ހުތުރު ކަމަކީ މި ސަރުކާރުން ގެނައި ހުތުރު ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދަނޑިވަޅުގައިވެސް މި ޖެހެނީ އެހެން ބައެއްގެ ދަރަނި ދެއްކުމަށްޓަކައި އަމިއްލަ 'ފައްޓަރު ބައި ވިއްކާލަން ކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދާއި މާލިއްޔަތަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ނެގި ދަރަނިތައް ކުޑަކޮށް، ދައްކަން ޖެހޭ މުއްދަތުވެސް މި ސަރުކާރުން ފަސްކުރާނެ ކަމަށެވެ.

ޗައިނާ އަށް ރައީސް ނަޝީދު އާދޭސް ދަންނަވާފައިވާއިރު އެ މަނިކުފާނު ގެންދަވަނީ އެކި އެކި ޕްލެޓްފޯމްތަކުގައި އެގައުމަށް ވަރަށް ބޮޑަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ޗައިނާ އިން ނަގާ ލޯނުތަކަކީ 'ދަރަނި ދަންތުރަ' އެކެވެ. ނަޝީދު ޗައިނާއާއި ގުޅޭގޮތުން ދައްކަވާ ވާހަކަތަކަށް ޗައިނާ ސަފީރު ގެންދަވަނީ ރައްދުދެއްވަމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ނުކަތާ ވަރަށް ޗައިނާ އިން ލޯނު ނަގާ، ގިނަ މަޝްރޫއުތައް ހިންގައި، ގައުމު ދަރުވާލާފައިވާ ވާކަމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު