Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޅުވަކަރު މިސްކިތް އަލުން ހުޅުވުން

"މިއީ އަޅުގަނޑުމެންގެ އަތްތަކުން ގެއްލުންތަކެއް ދިން އިރުވެސް ވަކިވާން ބޭނުންނުވީ މިސްކިތެއް"

17 ނޮވެމްބަރު 2020 | އަންގާރަ 07:23

ކަޅުވަކަރު މިސްކިތުގެ މުހިއްމު ކަމަށް އަލިއަޅުވައިލެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 17 ނޮވެމްބަރު 2020 | އަންގާރަ 07:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި ހަމައެކަނި ކަޅުވަކަރުން ހަދާފައި ހުރި މާލޭގެ ކަޅުވަކަރު މިސްކިތަކީ އެކި ތަންތަނަށް އެކި ގޮތްގޮތަށް ބަދަލު ކުރެވުނުއިރުވެސް ވަކިވާން ބޭނުންނުވި ރާއްޖޭގެ މުހިއްމު ތަރިކައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހު އެހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ''ގެއްލުވާލި'' ކަޅުވަކަރު މިސްކިތް މި ސަރުކާރުން އަލުން ރާވާއި އެ މިސްކިތް ހުޅުވުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާ ކުރެވިފައިވާ ހަޒާނާއެއް ގޮތަށް ރައީސް ވަނީ ސިފަކުރައްވާފައެވެ.އަދި ވިދާޅުވީ، އަލުން މިސްކިތް ރާވާއި ހުޅުވިގެން ދިޔުމަކީ ތާރީހުގެ އަނދިރިކަމުގެ ތެރެއަށް ކަޅުވަކަރު މިސްކިތް ފަހުނޭވާ ދޫކުރަމުން ދަނިކޮށް އަލުން އަނބުރާ ސަލާމަތް ކުރުމުގެ ނިމުން ކަމަށެވެ.

ރައީސް އިޝާރާތް ކުރެއްވީ ޔާމީންގެ ސަރުކާރުގައި ވިންޓަރ ޕާކެއް ހަދަން ކަމަށް ބުނެ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ މިސްކިތް ރޫޅާލި ރޫޅާލުމަށެވެ. އެއަށް ފަހު އެ މިސްކިތް އެއްވެސް ތަނެއްގައި އާންމުންނަށް ފެންނާނެހެން ބަހައްޓާފައެއް ނުވެއެވެ. އަދި އެ މިސްކިތް ގދ. ތިނަދޫގައި ބަހައްޓަން އުޅޭކަމުގެ ވާހަކަތަކަކާއި ހުޅުމާލޭ ފޭސް ދޭއްގައި ބަހައްޓަން އުޅޭކަމުގެ ވާހަކަތަކެއް ވެސް އަޑު އިވިގެން ދިޔައެވެ.

އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) ހިމެނެއެވެ. މިސްކިތް އެތަނުން ނެގި މައްސަލަ ކޯޓަށް ވެއްދުމުން، ކޯޓުން ނިންމީ މައްސަލަ ބެލޭނެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

އެ ދެ ފަރާތަށް ޝުކުރު އަދާކުރައްވަމުން ރައީސް ވަނީ މިސްކިތް އަލުން ރޭވުމުގައި ހެރިޓޭޖް މިނިސްޓްރީން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ވާނުވާ ނޭގޭ އަނދިރިކަމެއްގައި ވަނިކޮށް ސަރުކާރުން މި މިސްކިތް އަލުން ބިނާކުރީ ގާނޫނީ ގޮތުންވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށެވެ.

ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ބިނާކުރެވިފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ. ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ އަދި މިސްކިތުގެ އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ.

ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ. ރާއްޖޭގައި ކަޅުވަކަރު ބޭނުންކޮށްފައިވާ އެހެން މިސްކިތެއް ހުރި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ނަން މޮޅު ހައިވަކަރު ބައެއް މިސްކިތަކުގައި ބޭނުންކޮށްފައިވެއެވެ.

ކަޅުވަކަރު މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް