Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯގެ ގްރީންލައިފް ބަސްސޮޓްޕް

100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާވާ ގޮތަށް ޒަމާނީ ވަސީލަތްތަކާއިއެކު، ސްޓެލްކޯގެ ގްރީންލައިފް ބަސްސޮޓްޕް ހުޅުވައިފި

14 ނޮވެމްބަރު 2020 | ހޮނިހިރު 16:31

ބަސްސްޓޮޕަށް ބޭނުންވާ 100 އިންސައްތަ ކަރަންޓު އުފައްދަނީ ބަސްސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 14 ނޮވެމްބަރު 2020 | ހޮނިހިރު 16:31
ސްޓެލްކޯގެ ގްރީންލައިފް ބަސްސޮޓްޕް

ސްޓެލްކޯގެ ގްރީންލައިފް ބަސްސޮޓްޕް

100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއިއެކު، ސްޓެލްކޯގެ ގްރީންލައިފް ބަސްސޮޓްޕް ހުޅުވައިފި އެވެ.

ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތަށް ތައްޔާރުކުރި ބަސްސްޓޮޕް ހޮނިހިރު ދުވަހު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ބަސްސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ޒަމާނީ ފެންވަރުގެ ފަސޭހަތަކާއެކު، ދޭ ވަރަށްވެސް ފުރިހަމަ، ވަރަށް އަގުހުރި ހަދިޔާއެއްކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އަދި ސްޓެލްކޯއަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް މުޢުނީ ވިދާޅުވި އެވެ. މީގެ އިތުރުން މި ބަސްސްޓޮޕް ވެގެންދާނީ ބަސް ދަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ދެވޭ އެހީތެރިކަމެއްގެ އިތުރުން، ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތަކަށް ކަމަށެވެ. އަދި ބަސްސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ތައްޔާރުކޮށްފައިވާ މި ބަސްސްޓޮޕަކީ އޭސީ ކުރެވި، ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު، އަތްވާއި، ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ބަސްސްޓޮޕެކެވެ.

މީގެ އިތުރުން ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން ދަތުރުވެރިންނަށް އެނގޭނެ އިންތިޒާމާއި، ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިންގ ޕޮޓާއި، ކަރަންޓު ނެގޭނެ ޕޮޓްތައްވެސް ބަސް ސްޓޮޕްގައިވަނީ ގާއިމް ކުރެވިފަވާކަމަށް ސްޓެލްކޯއިން ބުންޏެވެ. ބަސްސްޓޮޕަށް ބޭނުންވާ 100 އިންސައްތަ ކަރަންޓު އުފައްދަނީ ބަސްސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ.

މިއީ ރާއްޖޭގައި މިގޮތަށް 100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް ގާއިމް ކުރެވުނު އެންމެ ފުރަތަމަ ބަސްސްޓޮޕެވެ.

ބަސްސްޓޮޕް ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

19 ޖޫން 2017

ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް

19 ޖޫން 2017
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
17 ޖޫން 2017

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
04 މެއި 2017

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017
ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް