Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިޚާބު

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

މަޖިލީހުން ބާރު ލިބުމާއެކު ކައުންސިލްތަކަށް ބާރު ދޭނަން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 02:00
އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް

އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް

އިދިކޮޅު ފަރާތްތަކަށް ބާރު ލިބުމާއެކު, ކައުންސިލްތަކުގެ އަތުން މިހާރު އަތުލާފައިވާ ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް އިޔާދަކޮށްދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހެންވޭރު ދެކުނުގައި އެމްޑީޕީން ހަރުގެއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"ސަރުކާރުން ދަންނަވާ ވާހަކައަކީ، ސަރުކާރުން ބުނާހާ ގޮތަކަށް، ސަރުކާރުން ޖަހާހާ ބެރަކަށް، ނަށަން ތިބޭ ބައެކޭ ކައުންސިލަރުންނަކީ. ނޫން، އެހެނެއް ނޫން. ލާމަރުކަޒީ ޤާނޫނުގައި ވަރަށް ގިނަ ބާރުތަކެއް، ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް، އެމްޑީޕީން ވަކާލާތުކޮށްގެން ހިމެނީ ތިބޭފުޅުން ބާރުވެރި ކުރުމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު، އަދި އޭގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުން ބާރެއް ލިބޭ ދުވަހު، ތި ބޭފުޅުންނަށް ކުރިން އިހު ހުރި ގޮތަށް، ކައުންސިލްތަކުގެ ބާރުތައް، އަލުން އިޔާދަ ކޮށްދޭނަން،"ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ ތާރީޚަކީ އޭލެވެލް އިމްތިޙާނު ފެށޭ ދުވަސްކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އިންތިޚާބު އަދިވެސް ފަސްކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ. މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނާއެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ތައްޔާރުވެ ތިބެން ވާނެ، މާދަމާ އިލެކްޝަންސް ކޮމިޝަނުން ބާއްވާނެ ބައްދަލުވުމަކަށް އަދި އެބޭފުޅުން ނެރޭނެ އިތުރު ތާރީޚަކަށްވެސް. އަޅުގަނޑުމެން އެއްވެސް ހާލެއްގަ ދެކިގެން ނުވާނެ މި އިންތިޚާބު، މި ކޮމިޝަން އޮވެގެން ބާއްވާނެ ކަމަކަށް. ފުރަތަމަ ކަމަކަށް ޖެހޭނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން، މި ކުރާ މަސައްކަތްތައް ކާމިޔާބުކޮށް، އިލެކްޝަންސް ކޮމިޝަން ބަދަލުކުރަން. އެއައްފަހު ރާއްޖޭގަ އިންސާފުވެރި، ލޯކަލް ކައުންސިލްގެ އިންތިޚާބެއް ވެސް، އަދި އެހެން އިންތިޚާބެއް ވެސް ބޭއްވޭނީ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އިންތިޚާބު ފަސްކުރިއަސް، އެމްޑީޕީ ފޫހި ނުވާނެ ކަމަށާ، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ ހަޤީޤީ މަޤުސަދަކީ 2018 ގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރުން ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން 3 ފަހަރެއްގެ މަތިން ކައުންސިލް އިންތިޚާބު ފަސްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު