Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުނިޔޭގެ ހަކުރުބަލިގެ ދުވަސް

ދުނިޔޭގެ ހަކުރުބަލިގެ ދުވަހުގެ ޝިއާރު:"ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން"

މި ޝިއާރަކީ 2020 ވަނަ އަހަރުގެ އިތުރުން 2021 ވަަނަ އަހަރަށްވެސް ކަނޑައަޅާފައިވާ ޝިއާރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2020 | ހޮނިހިރު 07:31
ދުނިޔޭގެ ހަކުރުބަލިގެ ދުވަހަކީ 14 ނޮވެމްބަރ

ދުނިޔޭގެ ހަކުރުބަލިގެ ދުވަހަކީ 14 ނޮވެމްބަރ

މި އަހަރުގެ ހަކުރުބަލި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" މި ޝީއާރެވެ.

މި ޝިއާރަކީ 2020 ވަނަ އަހަރުގެ އިތުރުން 2021 ވަަނަ އަހަރަށްވެސް ކަނޑައަޅާފައިވާ ޝިއާރު ކަމަށާއި މި ޝިއާރުގެ މަގްސަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެއެވެ.

Advertisement - newsAdvertisement

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ސިއްހީ މައްސަލައަލައަކަށްވާއިރު، ހަކުރުބަލި ހުރި ކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރުހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނަށް ވާއިރު، މީގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ހަކުރުބަލީގެ ސަބަބުން 4.2 މިލިޔަން މީހުން ވަނީ މަރުވެފައެވެ.

ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ، އެއީ "ޓައިޕް 1 ޑައިބެޓީސް" އަދި "ޓައިޕް 2 ޑައިބެޓީސް" އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. މީގެ އިތުރުން ވެސް އައިލާގައި ހަކުރުބަލީގެ މީހުންތިބުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ.

ރާއްޖޭގެ ޑިމޮގްރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި ހަތަރު އިންސައްތަ އަންހެނުން އަދި ދެ އިންސައްތަ ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައެވެ. މީގެ ތެރެއިން 50 އިންސައްތަ އަންހެނުން އަދި 40 އިންސައްތަ ފިރިހެނުން ހަކުރުބައްޔަށް ބޭސްފަރުވާ ކުރާ ކަމަށް ރިޕޯޓްކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން 2018 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުން ރާއްޖޭގައި 3.7 އިންސައްތަ މީހުން މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ.

ހަކުރުބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން، ކަރުހިއްކާ ފެންބޮވުން، އަދަޔާހިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ. އެހެންކަމުން ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާހައުލެއް ގާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ. މިކަން ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިޔަށް ގެންނަން ޖެހޭ ބަދަލުތަކެއް ކަމުން ހަކުރުބަލީގެ ހިރާސްތަށް ކުޑަކުރުމަށް އާއިލާތަކަށް އެހީތެރިވެ ދިނުމުގައި ނަރުހުން އަދި ސިއްހީއެހީތެރިން މުހިއްމު ދައުރެއް އަދާކުރެއެވެ.

މި އަހަރު ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކި ދުވަސްތަކަށް ބަހާލެވިގެން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތަކުގައި ތަޖުރިބާކާރުން ހަކުރު ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 14 ނޮވެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެރޭ ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން އައިޖީއެމްއެޗް އާއި، ޑައިބެޓިސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވެބިނާގައި ޑައިޓިޝިއެން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، ޕަބްލިކް ހެލްތް އެކްސްޕާޓުން މައުލޫމާތު ދެއްވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި ވެބިނާގައި ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވިފައިވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީސް މާހައުލުގައި "މޫވް ފޯ ޑައިބެޓިސް" ގެ ނަމުގައި ކަސްރަތު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮފީސްތަކުން ހަރަކާތްތަކުގައި ނަންގާ ފޮޓޯ އެޗްޕީއޭ އަދި ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޓެގްކޮށް ސޯޝަލް މީޑިއާގައި "#movefordiabetes, #WWD2020, #unitedfordiabetes" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރެވޭނެ ކަމަށާއި ކޮންމެ މީހަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު