Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އަސްކަރިއްޔާއާއި ގުޅުވައި ދެކެވޭ ވާހަކަތަ

އިންޑިއާ އަސްކަރިއްޔާއާ ގުޅުވައި ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ހަގީގަތް ނޭނގޭ މީހުން: ހައި ކޮމިޝަނަރ

14 ނޮވެމްބަރު 2020 | ހޮނިހިރު 07:13

ނޮވެމްބަރ 3 ގެ ހާދިސާގައި ރާއްޖޭގެ ދިފާއުގައި އިންޑިއާއިން ނުކުތް ނުކުތުން ދުނިޔޭގެ ލީޑަރުން ވަނީ ފާހަގަކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ނޮވެމްބަރު 2020 | ހޮނިހިރު 07:13
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރު

އިންޑިއާ އަސްކަރިއްޔާއާ ގުޅުވައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ހަގީގަތް ނޭނގޭ މީހުންކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ހައި ކޮމިޝަނަރ ސަންޖޭ މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅުވައި "ރާއްޖެއެމްވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ވެދީފައިވާ އެހީއަކީ ރިކޯޑް ކުރެވިފައިވާ ތާރީހު ކަމަށާއި އެހެންކަމުން އިންޑިއާ އަސްކަރިއްޔާއާ ގުޅުވައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ހަގީގަތް ނޭގޭ އަދި ހަގީގަތް އޮޅުވާލުމަށް ނުބައި މަގުސަދެއްގައި މަސައްކަތްކުރާ މީހުންކަމަށް ހައި ކޮމިޝަނަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ނޮވެމްބަރ 3، 1988 ވަނަ އަހަރުގައި ހިނގައިދިޔަ ހާދިސާގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާއިން ރާއްޖޭގެ ދިފާއުގައި ނުކުތް ނުކުތުމަށް ރާއްޖޭގެ އޭރުގެ ރައީސް އިންޑިއާއަށް ޝުކުރު އަދާކުރައްވާ ދެއްކެވި ވާހަކަފުޅު ވައިރަލްވެފައިވާ އިރު، އެމެރިކާގެ ރައީސް އަދި ޔޫކޭގެ ބޮޑުވަޒީރު ފަދަ ދުނިޔޭގެ ލީޑަރުން އިންޑިއާއިން ރާއްޖޭގެ ދިފާއުގައި ކޮށްދިން ކަންތައްތައް ފާހަގަކުރެއްވި ކަމަށް ހައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އެ ފަހަރު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއިން ފައިބާފައި ވަނީ އެއް އަހަރު ފަހުން، ރާއްޖޭގެ ސަރުކާރުން އެގޮތަށް ބޭނުންވުމުން ކަމަށް ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ތާރީހަށް ބަލާލުމުން ރާއްޖެއަށް ދިމާވާ ކޮންމެ އިންސާނީ ކާރިސާއެއްގައި ވެސް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފެންނާނެ ކަމަށް ވިދާޅުވެ ހައި ކޮމިޝަނަރ ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގައި ސުނާމީ ރިލީފް އަދި ރިހެބިލިޓޭޝަން އޮޕަރޭޝަންތަކުގައި އަދި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އިންޑިއާ އަސްކަރިއްޔާއިން ފޮރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ހައި ކޮމިޝަނަރ ވިދާޅުވީ، ފަހުގެ ތާރީހަށް ބަލާލާނަމަ، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިންޑިއާ އެއަރފޯސް އިން ލޯންޗް ކުރި "އޮޕަރޭޝަމް ސަންޖީވާނީ" ގައި އިންޑިއާއިން ވަނީ ވައިގެ މަގުން އިންޑިއާގެ ހަތަރު ސިޓީއަކުން ރާއްޖެއަށް ބޭނުންވާ ޒާރޫރީ ބޭސް އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް 580 ޓަނުގެ ކާނާ އިންޑިއާ އަސްކަރިއްޔާގެ އެހީގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާއިން 2010 ވަނަ އަހަރު އަދި 2016 ވަނަ އަހަރު ފޯރުކޮށްދީފައިވާ ހެލިކޮޕްޓަރތައް ދަނީ އިންސާނީޔަތައް އެހީތެރިކަން ފޯރުކޮށްދިނުމަށާއީ އީއީޒީ ސަވެއިލަންސް އަދި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފްގެ ކޮމާންޑް އާއި ކޮންޓްރޯލްގެ ދަށުން ބޭނުން ކުރަމުން ކަމަށައި މިހާތަނަށް 250 އަށް ވުރެ ގިނަ ދިވެހިންގެ ފުރާނަ ވަނީ މެޑިކަލް އިވެކުއޭޝަންތަކުގެ ސަބަބުން ސަލާމަތްކުރެވިފައި ކަމަށް ހައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހަދިޔާކުރެވުނު ޑޯނިއަރ އެއަރކްރާފްޓްގެ ސަބަބުން އެމްއެންޑީއެފްއަށް މިފަދަ ކަންތައްތައް ކުރިއަށް ގެންދިއުމުގައި އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ސަންޖޭ ވިދާޅުވީ، މިފަދަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް އޮފިޝަލުންގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް އިންޑިއާއިން ކުރިއަށް ގެންދާ ކަމަށާއި މިހާރުވެސް ބައެއް ދިވެހިން ޑޯނިއަރ އެއަރކްރާފްޓް ޕައިލެޓުންގެ ގޮތުގައި ޓްރެއިން ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ޓްރެއިނިންތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހައި ކޮމިޝަނަރ ވިދާޅުވީ އިންޑިއާ އަސްކަރިއްޔާގެ ގާބިލް ކަމާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްދޭ އިސްކަމުގެ ސަބަބުން އެތަށް ފަހަރެއްގެ މަތިން ރާއްޖޭގެ ސަލާމާތަށް އަންނާނީ ކޮން ބައެއްކަން ހާމަކޮށްދީފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް