Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

ޕީޕީއެމްގެ އޮޑިއަށް އަރާވަޑައިގަތުމަށް ރައީސް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރެއްވި

ޖުމާނާ ތައުފީގު
ޖުމާނާ ތައުފީގު | 23 ފެބުރުއަރީ 2017 | ބުރާސްފަތި 09:19
ރައީސް ޔާމީން

ރައީސް ޔާމީން

ނޫހު ޢަލައިހިއްސަލާމް ބެންނެވި ނާކޮޅަކީ ﷲގެ ކޯފާއިން ނޫހުގެފާނަށް ތަބާވި މުއުމިނުން ސަލާމަތް ކުރެއްވުމުގެ ގޮތުން، ކީރިތިވަންތަ އިލާހުގެ އެންގެވުމަށް އެކަލޭގެފާނު ބެންނެވި އޮޑިކޮޅަކަށް ވާއިރު، އެކަލޭގެފާނުގެ އޮޑިކޮޅު ބަންނަވައިގެން މިދުއްވަނީ ޕީޕީއެމްގެ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒުކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، ޕީޕީއެމާއި އަލަށް ގުޅުނު މީހުންގެ ފޯމުތައް ރައީސް ޔާމީނާ ހަވާލު ކުރުމުގެ ގޮތުން ސްޓެލްކޯގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި "ނޫހުގެ ފާނުގެ އޮޑިކޮޅު ބަނދެގެން މި ދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިން" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިންވަނީ ނޫހުގެ ފާނުގެ ނާކޮޅަށް އެރި އެންމެން ސަލާމަތް ކުރެއްވި ކަމަށާއި އެކަލޭގެފާނުގެ ނާކޮޅު ބަނދެގެން މި އުޅެނީ ޕީޕީއެމްގެ ކުދިންކޮޅު ކަމަށް ވިދާޅުވެ ޕީޕީއެމްގެ އޮޑިއަށް އަރާވަޑައިގަތުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ މީގެ ކުރިން ވެސް ދީނީ މިފަދަ ބައެއް ކަންކަމާ ފުށުއަރާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އެ ގޮތުން ބެންކޮކުން ހޯދަނީ ހިލޭ އަންހެނުން ނޫން ކަމަށް ވިދާޅުވި ވިދާޅުވުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު