Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން އަނިޔާވެރިވުން

ފުލުހުންތަކެއް މީހަކަށް އަނިޔާކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

12 ނޮވެމްބަރު 2020 | ބުރާސްފަތި 06:05

ކޮމިޓީން މައްސަލަ ބަލާނެ: މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ

އަލީ ސަމާޚް
އަލީ ސަމާޚް | 12 ނޮވެމްބަރު 2020 | ބުރާސްފަތި 06:05
އެޗްއާރްސީއެމްގެ މެމްބަރުންތަކެއް

އެޗްއާރްސީއެމްގެ މެމްބަރުންތަކެއް

އައްޑޫ ސިޓީގައި ފުލުހުން ތަކެއް ވެގެން މީހަކަށް އަނިޔާކޮށް ބިރުދެއްކި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެ މީހާއަށް އަނިޔާކުރި މައްސަލައިގައި އާއިލާގެ މެމްބަރަކު ވަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، އެޗްއާރްސީއެމްއަށް ސިޓީއެއް ފޮނުވާފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭ ގޮތުން އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މައްސަލަ ބަލަމުން ދަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ކަމަށްވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

އަނިޔާކުރި މައްސަލަ ބަލައިދޭން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވަނީ އެދިފައެވެ. ''ރާއްޖެއެމްވީ'' އާ ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ، އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބަންދަށް ފަހު މަޖިލީސް ހުޅުވުމުން ކޮމިޓީން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަަލަމުންދާނެ ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން އިސްނަގައިގެން އަނިޔާކުރި މައްސަލަ ބަލަން ފެށުމުން އެކަމާއި މެދު އުފާކުރައްވާ ކަމަށެވެ.

އަނިޔާ ލިބުނު ކަމަށް ބުނާ މީހާގެ އާއިލާއިން ރައީސް ނަޝީދުއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނީ، ހިތަދޫ ޕޮލިސް ސްޓޭޝަނަށް އޭނާގެ ކޮއްކޮ ގެންގޮސް ބިޑި އެޅުވުމަށްފަހު، ގައިގައި ތަޅައި، ޖިސްމާނީ އަނިޔާދީ، އޭނާގެ ކަންފަތް މަތީގައި ތަކުރާރުކޮށް ޖަހާފައިވާ ކަމަށެވެ. އޮފިސަރުން ވަނީ އޭނާގެ ކޮއްކޮ ބެޑް ޝީޓުން އައްސައި އެކޮޅުކޮޅުން ބާއްވާނެ ކަމަށް ބުނެ ބިރުދައްކާފައި ކަމަށާއި އަދި ގައިގައި ޖެހިކަން އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ އޭނާއަށް "އަރުވާލާނޭ" ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް ސިޓީގައި ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

22 މާރިޗު 2017
އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް