Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޕީއެލްއިން ބާ ދޯނި ގަތުން

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

ފަސް މިލިއަން ރުފިޔާ އަށް ގަތީ ބާ ދޯންޏެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 10:20
އެމްޕީއެލް އިން ގަތް ކަމަށް ބުނާ ބާ ދޯނި

އެމްޕީއެލް އިން ގަތް ކަމަށް ބުނާ ބާ ދޯނި

އަގާ ނުބައްދަލު ބާ ދޯންޏެއް މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އެމްޕީއެލްއިން އަގާ ނުބައްދަލު ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި އެ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ބާ ދޯންޏެއް ފަސް މިލިއަން ރުފިޔާ އަށް ގަތް ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު އެމްޕީއެލް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޯނި ގަނެފައިވަނީ އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ދޯނި ގަނެފައިވަނީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ އަގެއްގަ އެވެ. ނަމަވެސް، ދޯނި ގަތް ސީދާ އަގެއް އެ ކުންފުނިން ހާމަކޮށްފައި ނުވެއެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ދޯނީގެ ދިގުމިނަކީ 40 ފޫޓު ކަމަށް ބުނެފައިވީ ނަމަވެސް، އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި އެ ދޯނީގެ ދިގުމިނަކީ 65 ފޫޓެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ކުރަމުންދާ ތަހުގީގަށް، އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

ޖުނައިދު ވަނީ މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމްޕީއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވީ އެމްއާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގް ހަލީމް އެވެ.

ބާދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ އިތުރުން، އެމްޕީއެލް އަށް ތެޔޮ ގަތުމަށް މެރީޑިއަމާއެކު ހެދި އެއްބަސްވުމެއްގެ މައްސަލަ ވެސް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު