Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރޯ ލައިސަންސް ނެގުން

ޕްރޯ ލައިސަންސް ނެގުމަށް ސުޒޭނާއި އިންމަ ހޮވައިފި

7 ނޮވެމްބަރު 2020 | ހޮނިހިރު 11:15

ޕްރޯ ލައިސަންސަކީ ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ނޮވެމްބަރު 2020 | ހޮނިހިރު 11:15
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ހޮވިއްޖެއެވެ.

އޭއެފްސީ ޕްރޯ ލައިސަންސަކީ ޔުއެފާ ޕްރޯ ލައިސަންސާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސަށްފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.

މީގެ ކުރިން ރާއްޖޭގެ ދެ ކޯޗަކު ވަނީ މި ލައިސަންސް ނަގާފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ލައިސަންސް ނެގީ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭގެ ފަހުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ވަނީ މި ލައިސަންސް ހާސިލުކޮށްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިދިޔަ ޖުލައި މަހު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ޕްރޯ ލައިސަންސް ކޯޗުންގެ އަދަދު ފަހަކަށް އެރުވުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އެހެންކަމުން ހުކުރު ދުވަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހެންކަމުން އަންނަ އަހަރު ޕްރޯ ލައިސަންސް ނެގުމަށް ސުޒޭނާއި އިންމަ ހޮވާފައިވާ ކަމަށެވެ.

ޕްރޯ ލައިސަންސް ނެގުމަށް އެފްއޭއެމުން ސުޒޭން ހޮވިއިރު، އޭނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވެފައެވެ. މިއީ ސުޒޭން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ދެވަނަ ފަހަރެވެ. އޭނާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުވެސް އަދާކުރިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައިވާ ސުޒޭން ވަނީ ކުލަބު ކޯޗިންގ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި ސުޒޭން ކޯޗެއްގެ ގޮތުގައި ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކޯޗެވެ.

މީގެ އިތުރުން ޕްރޯ ލައިސަންސް ނެގުމަށް ހޮވި އިންމަ މިހާރު އިރުޝާދު ދެމުން އަންނަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭއަށެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އިންމަ ވަނީ އޭރު ދެ ފަހަރެއްގެ މަތިން ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާވެސް އުފުލާފައެވެ. ކުލަބު ކޯޗިންގ ކެރިއަރުގައި އިންމަގެ ހަމައެކަނި ކާމިޔާބީއަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
09 ނޮވެމްބަރު 2017

އާޖެންޓީނާގެ ސްކޮޑު ނެގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: މެސީ

09 ނޮވެމްބަރު 2017
އާޖެންޓީނާގެ ސްކޮޑު ނެގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: މެސީ
01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
13 އޮކްޓޯބަރު 2017

ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

13 އޮކްޓޯބަރު 2017
ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
21 ސެޕްޓެމްބަރު 2017

"ފީފާ ޕްރޯ ވޯލްޑް އިލެވެން" އަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި

21 ސެޕްޓެމްބަރު 2017
"ފީފާ ޕްރޯ ވޯލްޑް އިލެވެން" އަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި
19 ސެޕްޓެމްބަރު 2017

ވޭން ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައިފި !

19 ސެޕްޓެމްބަރު 2017
ވޭން ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައިފި !
13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
30 އެޕްރީލު 2017

ނިއުގެ 16 އަހަރާއި 19 އަހަރުން ދަށުގެ ޓީމު ނެގުމަށް ސެލެކްޝަންއެއް ބުދަ ދުވަހު

30 އެޕްރީލު 2017
ނިއުގެ 16 އަހަރާއި 19 އަހަރުން ދަށުގެ ޓީމު ނެގުމަށް ސެލެކްޝަންއެއް ބުދަ ދުވަހު
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް