Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ ސްޕޯޓްސް

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

މާޒިޔާގެ ކޯޗުކަމާ އިންމަ ހަވާލުވީ އަންނަ އަހަރުގެ ނިޔަލަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2017 | ބުދަ 12:02
މާޒިޔާގެ ކޯޗު އިންމަ (ވ) އަދި އެޓީމުގެ ޖެނެރަލް ސެކެޓްރީ ވައްހާބް

މާޒިޔާގެ ކޯޗު އިންމަ (ވ) އަދި އެޓީމުގެ ޖެނެރަލް ސެކެޓްރީ ވައްހާބް

ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ދޫކޮށް، އިސްމާއިލް މަހުފޫޒް (އިންމަ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އިންމަ މާޒިޔާގެ ކޯޗު ކަމަށް ގެނެސްފައި ވަނީ އެޓީމުގެ ކޯޗު މަރްޖާން ސެކުލޮވްސްކީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމުމުންނެވެ.

އަންނަ އަހަރުގެ ނިޔަލަށް މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެމުން އިންމަ ބުނީ އަލުން މާޒިޔާގެ އާއިލާއާ ގުޅުމުން ވަރަށް އުފާވާ ކަމަށާއި، މާޒިޔާ އަނބުރާ ކުރިން އޮތް ފޯމަށް ގެނައުމަށް ބުރަ މަސައްކަތް ކުރާނެ ކަމަށެވެ.

އިންމަ ބުނީ ރާއްޖެ ފުޓުބޯޅައަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ކުރިއަށްވުރެ އޭނާ ވެސް އިންޕްރޫވްވެފައިވާ ކަމަށެވެ.

އިންމަ ވަނީ އެކްލަބަށް މީގެކުރިން ގިނަ އަހަރުތަކެއް ވަންދެން ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ 2006 ވަނަ އަހަރު މާޒިޔާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ހިސާބުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބަށް ކޯޗުކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ މާޒިޔާ އަށް 2012 ވަނަ އަހަރު އެފްއޭކަޕްވެސް ކާމިޔާބުކޮށްދީފައެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އެންމެ ފަހުން ފުރަމުން އައި އިންމަ ވަނީ ދެފަހަރު މަތިން ހެޑްކޯޗުކަންވެސްކޮށްފައެވެ. އެގޮތުން އޭނާ ވަނީ ގައުމީ ޓީމު ވޯލްޑްކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗު އަދި އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އިރުޝާދު ދީފައެވެ.

އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާ އެންމެ އަވަހަށް ކުޅޭނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ.މިލަންދޫއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، މާޒިޔާ އޮތީ 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި 30 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮތްއިރު، ދެވަނައިގައި 26 ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު