Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޑަ އިންމަ

ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ކުޑަ އިންމަ އަށް މިހާރުގެ ކޯޗު ސްޓެވާޓްގެ އިރުޝާދުގެ ދަށުން ޖާގައެއް ނުލިބޭ

ލީވާން އަލީ
ލީވާން އަލީ | 13 އޮކްޓޯބަރު 2017 | ހުކުރު 09:31
ގައުމީ ޓީމަށް ކުޅުން ހުއްޓާލި އުމުރުން 32 އަހަރުގެ ކުޑަ އިންމަ

ގައުމީ ޓީމަށް ކުޅުން ހުއްޓާލި އުމުރުން 32 އަހަރުގެ ކުޑަ އިންމަ

ގައުމީ ފުޓުބޯޅަ ޓީމުގެ ދެވަނަ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 32 އަހަރުގެ ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނީ އަންގާރަ ދުވަހު އޮމާން އަތުން ރާއްޖެ 1-3 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހުއެވެ.

ގައުމީ ޓީމުން 2012 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދި ކުޑަ އިންމަ ފުރަތަމަ ފަހަރަށް ވާދަވެރި މެޗެއް ކުޅުނީ 2015 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައެވެ. އޭނާ އަށް އެފަހަރު ޓީމުން ފުރުސަތު ލިބުނީ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. އެގޮތުން ކުޑަ އިންމަ ވަނީ ބޫޓާން، ޗައިނާ އަދި ހޮންކޮންއާ ދެކޮޅަށް ކޮލިފައިންގައި ކުޅެފައެވެ.

ގައުމީ ޓީމުގެ ކީޕަރުންނާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ކުޑަ އިންމަ ރިޓަޔާކޮށްފައިވާއިރު، ޓީމަށް ދެން ނަގާނީ ކޮން ކުޅުންތެރިއެއްކަން އަދި ނޭނގެއެވެ. ގައުމީ ކޯޗުކަމާ ޑަރެން ސްޓެވާޓް ހަވާލުވި ފަހުން ކުޑަ އިންމައަށް ފުރުސަތެއް ނުލިބެއެވެ. ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރަކީ ފައިސަލްއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޝިއަން ކަޕް ކޮލިއިންގައި އޮމާން އަތުން ރާއްޖެ 1-3 ގެ ނަތީޖާއިން ބަލިވި މެޗަށް ގައުމީ ޓީމުގެ ތިން ނަމްބަރު ކީޕަރު ޒިޔަޒަން ނަގާފައިވަނީ މެޗު ކުޅެން އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ. މައުލޫމާތު ލިބޭގޮތުގައި ޒިޔަޒަން ޓީމަށް ނަގާފައި ވަނީ ބެންޗުގައި ތިން ކީޕަރުން ތިބެން ޖެހުމާއެކު، ރަޖިސްޓްރީކޮށްފައިވާ ތިން ކީޕަރުން ތެރޭގައި އޭނާގެ ނަން ހިމެނޭތީއެވެ.

ރާއްޖޭގައި މޮޅެތި ޒުވާން ކީޕަރުން އަންނަނީ ކުރިއަރަމުންނެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ދިވެހި ކީޕަރުންނަށް އަންނަނީ އެތައް ބަޔަކު ތައުރީފްކުރަމުންނެވެ. އެ ކީޕަރުންނަށް ގައުމީ ޓީމުން ފުރުސަތު ނުދޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު