Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ ދިވެހި ޕްރިމިއާ ލީގު

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

ގްރީން ސްޓްރީޓް އަތުން މާޒިޔާ މޮޅުވެފައިވަނީ 3-0 ގެ ނަތީޖާ އަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 02:29
މާޒިޔާ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ބަލިކޮށް އިސްމާއިލް މަހުފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާ އެންމެ ފުރަތަމަ ކުޅުނު މެޗު އެއްވަރުވިއިރު، އާދިއްތަ ދުވަހުގެ ރޭ ގްރީން ސްޓްރީޓް އަތުން އެ ޓީމު މޮޅުވެފައިވަނީ 3-0 ގެ ނަތީޖާ އަކުންނެވެ.

ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިން ޓީމުގައި ނުހިމަނައި އެ ޓީމުން ކުޅުނު މި މެޗުގައި މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިހަލޮވިޗް ބޮޔާންއެވެ. މި ލަނޑަކީ އެ ޓީމުގެ މޫސާ ޔާމީން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ގްރީން އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެހެނަސް ގްރީންގެ ކުޅުން ރަނގަޅުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް މާޒިޔާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑަކީ މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ކެރިޗްއަށް ގްރީންގެ އޭރިއާ ތެރެއިން ފައުލް ކުރުމާއި ވިދިގެން ރެފްރީ ދިން ޕެނަލްޓީއަކުން އިސްމާއިލް (އީސާ) ޖަހައިދިން ލަނޑެކެވެ. މާޒިޔާގެ ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

މި މެޗުން މޮޅުވުމާއެކު މާޒިޔާއިން ވަނީ ކުޅުނު 13 މެޗުން 27 ޕޮއިންޓް އެއްކޮށް ލީގުގެ ތިން ވަނައިގައި ހަމަޖެހިލާފައެވެ. މި މެޗުން ބަލިވި ގްރީން އޮތީ ކުޅުނު 13 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އެހެނަސް އެ ޓީމަށް ލީގުގެ ގަދަ ހަތަރަކުން ޖާގަ ލިބުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެއީ ހޯމަ ދުވަހުގެ ހަވީރު ކުޅޭ މެޗުން ތިނަދޫ މޮޅުވެއްޖެ ނަމަ އެ ޓީމަށް ގްރީން ފަހަތަށް ޖައްސާލެވޭނެތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު