Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ވޭން ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައިފި !

މި މައްސަލާގައި ރޫނީ ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި އެކަމަށް އޭނާ ވަނީ އެއްބަސްވެއް ވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:14
ވޭން ރޫނީ ކޯޓަށް ހާޟިރުކުރަނީ

ވޭން ރޫނީ ކޯޓަށް ހާޟިރުކުރަނީ

އިނގިރޭސި ކުލަބު އެވަޓަންއަށް ކުޅެމުންއަންނަ ތަޖުރިބާކާރު ފޯވާޑު ވޭން ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރު ދުވަހަށް ހިފެހެއްޓުމަށް އިނގިރޭސި ވަލާތުގެ މެޖިސްޓްރޭޓް ކޯޓަކުން އޭނާގެ މައްޗަށް އަމުރު އިއްވައިފިއެވެ.

ކޯޓުން ރޫނީގެ މައްޗަށް މިހުކުމް އިއްވާފައިމިވަނީ ސެޕްޓެމްބަރ އެއް ވަނަ ދުވަހުގެ ރޭ، މަސްތުގެ ހާލުގައި ކާރު ދުއްވުމާގުޅިގެންނެވެ.

މި މައްސަލާގައި ރޫނީ ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި އެކަމަށް އޭނާ ވަނީ އެއްބަސްވެވެފައެވެ. އަދި އެކަން އެގޮތަށް ދިމާވުމުން ރޫނީ ވަނީ އޭނާގެ ސަޕޯޓަރުންނާއި އާއިލާގެ އިތުރުން ކްލަބުގެ ކިބައިން މައާފަށް ވެސް އެދިފައެވެ. ވޭން ރޫނީގެ ލައިސަންސް ދެ އަހަރަށް ހިފަހައްޓަން ކޯޓުން ހުކުމް ކުރި ނަމަވެސް މި ހުކުމުގައި ވާގޮތުން ރޫނީ ސްޕެޝަލިސްޓު ޑްރައިވިން ޓެސްޓުތަކެއް ފުރިހަމަަ ކޮށްފި ކަމުގައި ވަނީނަމަ އޭނާގެ ހުކުމުގެ މުއްދަތު 24 ހަފްތާއަށް ކުޑަވެގެން ދާނެވެ.

މެންޗެސްޓާގެ ސްޓޮކްޕާޓް ޓައުންގައި ހުންނަ މެޖިސްޓްރޭޓް ކޯޓުން ވަނީ، އެ ކުށް އޭނާގެ މައްޗަށް ސާބިތު ވުމުން، ލައިސެންސް ބާތިލު ކޮށް، ކޯޓުން ކަނޑައަޅާ ވަގުތު ފުރިހަމަ ވަންދެން ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އަމުރު ކޮށްފަ އެވެ. އެގޮތުން އެއް އަހަރަށް ދެމިގެންދާ ގޮތަށް 100 ގަޑިއިރު ވަންދެން އިޖުތިމާއީ މަސައްކަތް ހިލޭ ސާބަހަށް ކުރުމަށް ރޫނީގެ މައްޗަށް އަމުރު ކޮށްފައި ވެއެވެ. މި މައްސަލާގައި ވޭން ރޫނީ ހުއްޓުވާފައިވަނީ ހުއްދަ ދުވެއްޔަށް ވުރެ ތިން ގުނަ ބާރު ސްޕީޑުގައި ކާރު ދުއްވާފައިދަނިކޮށް ލަންޑަންގެ ޓްރެފިކް ފުލުހުންނެވެ. އެއައްފަހު ހެދި ޓެސްޓު ތަކުން އޭނާ އެގައުމުގައި ހުއްދަކުރާ ވަރަށްވުރެ އިތުރަށް ރާ ބޮއެ މަސްތުވެގެން ހުރިކަމަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއި އެކު އޭނާ ކުޑަވަގުތު ކޮޅަކަށް ހައްޔަރު ކުރި ކަމުގައިވީ ނަމަވެސް މައްސަލައިގެ ބަޔާން ނަގައި ހެދުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު