Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު"ފީފާ ދަ ބެސްޓް" އެވޯޑް

"ފީފާ ޕްރޯ ވޯލްޑް އިލެވެން" އަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި

21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:58

ރެއާލްގެ 13 ކުޅުންތެރިޔަކު ވަނީ ނޮމިނޭޓްވެފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:58
މިދިޔަ އަހަރު މި ޓީމަށް ހޮވުނު ބައެއް ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

މިދިޔަ އަހަރު މި ޓީމަށް ހޮވުނު ބައެއް ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

ދުނިޔޭގެ ފުޓްބޯޅަ އިދާރާއިން ކޮންމެ އަހަރަކު ހޮވާ "ފީފާ ޕްރޯ ވޯލްޑް އިލެވެން" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނު ކޮށްފިއެވެ.

"ފީފާ ޕްރޯ ވޯލްޑް އިލެވެން" އަކީ ކޮންމެ އަހަރަކު އެއްފަހަރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ފީފާއިން ހޮވާ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ޓީމެކެވެ. މި ޓީމު އެކުލެވިގެން ވަނީ ގޯލްކީޕަރަކާއި ހަތަރު ޑިފެންޑަރުންނާއި ތިން މިޑްފީލްޑަރުންގެ އިތުރުން ތިން ފޯވާޑުންގެ މައްޗަށެވެ.

މި ޓީމު ހޮވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 24000 ޕްރޮފެޝަނަލް ކުޅުންތެރިން ވޯޓު ލާނެއެވެ. މިއީ "ފީފާ ޕްރޯ ވޯލްޑް އިލެވެން" ހޮވާ ނުވަވަނަ ފަހަރެވެ. މިއަހަރުގެ ޓީމަށް އެންމެ ގިނައިން ނޮމިނޭޓް ވެފައިވަނީ މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބު ކުރި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުގެ 13 ކުޅުންތެރިޔަކު ނޮމިނޭޓްވެފައިވާއިރު ބަޔާން މިއުނިކާއި ބާސެލޯނާގެ 8 ކުޅުންތެރިޔަކު ވަނީ ނޮމިނޭޓް ވެފައެވެ. އަދި ފްރާންސްގެ ޕީއެސްޖީގެ ހަ ކުޅުންތެރިޔަކު ވެސް ވަނީ ނޮމިނޭޓްވެފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށް ގިނަ ބަޔަކު ބުނާ އިނގިރޭސި ޕްރިމިއާ ލީގުން މި ލިސްޓަށް ނޮމިނޭޓްވެފައި ވަނީ ރެއާލް މެޑްރިޑާއި އެއް އަދަދަކަށް 13 ކުޅުންތެރިންނެވެ. މިކަމާއި ވިދިގެން ގިނަ ބަޔަކު އަންނަނީ ޕްރިމިއާ ލީގަށް ފާޑު ކިޔަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން ނޮމިނޭޓްވި ކުޅުންތެރިންގެ އަދަދު ދަށްވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕްރިމިއާ ލީގުގެ ޓީމުތަކަށް ނާކާމިޔާބިއާ ކުރިމަތިލާން ޖެހުމާ ވިދިގެންނެވެ.

މި ލިސްޓުގައި ހިމެނިފައިވާ އެންމެ ޒުވާން ކުޅުންތެރިޔަކީ ދާދި ފަހުން 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވި 18 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭއެވެ. އޭނާއަށް މި ލިސްޓުން ޖާގަ ލިބިފައި ވަނީ މިދިޔަ ސީޒަނުގައި މޮނާކޯގައި ދެއްކި މޮޅު ކުޅުމާއި ވިދިގެންނެވެ. އެގޮތުން އޭނާވަނީ މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅުނު 60 މެޗުގައި 27 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މި ޓީމަށް ހޮވޭ ކުޅުންތެރިން އިއުލާނު ކުރެވިގެން ދާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ލަންޑަންގައި ބާއްވާ "ފީފާ ދަ ބެސްޓް" އެވޯޑް ހަފްލާގައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް