Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސޫލާގެ ކާޓޫން ކުރެހި މައްސަލަ

ބޮއިކޮޓް ކުރަން ގޮވާލުމަކީ ހަމައެކަނި ހައްލެއް ނޫން: އިލްޔާސް

5 ނޮވެމްބަރު 2020 | ބުރާސްފަތި 02:25

ރަސޫލާގެ ޝަހްސިއްޔަތުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 5 ނޮވެމްބަރު 2020 | ބުރާސްފަތި 02:25
ދީނީ އިލްމުވެރިޔާ ޝޭހް އިލްޔާސް

ދީނީ އިލްމުވެރިޔާ ޝޭހް އިލްޔާސް

ކީރިތި ރަސޫލާގެ ކާޓޫން ކުރެހި މައްސަލާގައި ފްރާންސްއާ ދެކޮޅަށް މަގުމަށްޗަށް ނިކުމެ އަޑު އުފުލައި އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލުމަކީ އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ކާޓޫނުގެ މައްސަލައިގައި ފްރާންސްއާ މުސްލިމް ގައުމުތަކާއި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އަދި ކާޓުން ކުރާހާ މީހުންނަށް ހިތްވަރުދީ އެ މީހުން ދިފާއު ކުރުމުން ފްރާންސުގެ ރައީސް އެމަނުއަލް މެކްރޯން ހޫނުފެނަށް ވެއްޓި، އެ މަނިކުފާނަށް އިންތިހާއަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުުންނެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއާއި އަދާލަތު ޕާޓީއާއި ގުޅިގެން ގެނެސްދިން ''އެންމެ ވަރުގަދަ ޝަހްސިއްޔަތު'' ޕެނަލް ޑިސްކަޝަންގައި، އެ މައްސަލައަށް އިޝާރާތް ކުރައްވާ އިލްޔާސް ވިދާޅުވީ، ފްރާންސްގެ ރައީސް އެހެން ވިދާޅުވި ނަމަވެސް އޭގެ ބަދަލުގައި ރާއްޖެއަށް އަންނަ ފްރާންސް މީހުން މަރަން ޖެހޭ ކަމަށް ބުނެ ފަތުވާ ނެރުމަކީ އެއީ އިސްލާމް ދީނުގެ ދިފާއުގައި ނުކުތުން ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.

''ކުށެއް ކުރި މީހެއްގެ ސަޒާ އެހެން މީހަކަށް ނުލިބޭނެ'' ދީނީ އިލްމުވެރިޔާ އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ކާޓުން ކުރެހި މީހުން ނުވަތަ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ދައްކަންވީ އިސްލާމް ދީނުގެ ރީތި ނަމޫނާ ކަމަށެވެ.

އިލްޔާސް ސިފަކުރާ ގޮތުގައި ދީނަށް ނަސްރު ދެވޭނީ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ކަމަށް ގަބޫލުކުރާ ގަބޫލުކުރުމަކީ ''އޮޅުވާލުމެއް'' އެވެ.

ޢައިރު މުސްލިމުންނަކީ ރަސޫލާގެ ޝަހްސިއްޔަތު ކަތިލުމަށް އަބަދު ވެސް މަސައްކަތްކުރާ ބަޔަކަށްވާއިރު، އެ ކަލޭގެފާނުގެ ރިސާލަތުގައި ހިފައިގެން މުސްލިމުން ކުރިޔަށްދާން ފެށުމުން އެކަމަށް ހަސަދަވެރިވެ އެކަމުން ދުރުކުރުމަށް އެ މީހުން އަބަދު ވެސް މަސައްކަތްކުރާނެކަން އިލްޔާސް ފާހަގަކުރެއްވިއެވެ. ހަމައެކަނި ސޯޝަލް މީޑިއާގައި އައިލަވްް ޕްރޮފެޓް ޖެހުމަކުން ނުފުދޭނެ ކަމަށާއި، އޭގެ ބަދަލުގައި ރަސޫލާ ދެކެ ލޯބިވާ މިންވަރު އެ މީހާގެ އަމަލުން ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް