ކޮވިޑަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވުމުން ޓެޑްރޯސް އައިސޮލޭޝަނަށް
2 ނޮވެމްބަރު 2020 | ހޯމަ 18:57މަސައްކަތް ކުރައްވާނީ ގޭގައި ހުންނަވައިގެން ކަމަށް ވަނީ ވިދާޅުވެފައި


ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފިއެވެ.
ހޯމަ ދުވަހު ޓެޑްރޯސް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ''ސެލްފް'' ކަރަންޓީންގައި ހުންނަވާނެ ކަމަށެވެ. އަދި އޭނާގެ ގައިން ވައިރަސްގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.
ޑަބްލިއުއެޗްްއޯގެ މިންގަނޑުތަކާއި އެއްގޮތަށް އޭނާ މަސައްކަތް ކުރައްވަމުންގެ ގެންދަވާނީ ގޭގައި ހުންނަވައިގެން ކަމަށް ވެސް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.









