Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް 23

ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން ތިމާވެށީގެ ރޮނގުން ވެސް ޗައިނާ ލީޑަރޝިޕް ނަގަނީ

ބޮން ސަމިޓްގައި ނަގާކިޔާނެ ކަމަށް ބެލެވެނީ ޗައިނާގެ އިތުރުން ކުދި ޖަޒީރާ ގައުމުތައް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ނޮވެމްބަރު 2017 | ހޯމަ 11:54
މިދިޔަ އަހަރު ބޭއްވި ޕެރިސް ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ތަގްރީރުކުރައްވަނީ

މިދިޔަ އަހަރު ބޭއްވި ޕެރިސް ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ތަގްރީރުކުރައްވަނީ

މިދިޔަ އަހަރު ފަރަންސޭސީވިލާތުގެ ވެރިރަށް ޕެރިހުގައި އެކުލަވާލި ތިމާވެށީގެ މުޢާހަދާ ނުވަތަ ޕެރިސް އެގްރިމެންޓުން ވަކިވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ލީޑަރޝިޕް ނަގަން ޗައިނާއަށް ފުރުސަތު ލިބިއްޖެއެވެ.

ޖަރުމަންވިލާތުގެ ބޮންގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ އދ. ގެ ސަމިޓްގެ ފެށިގެންދާއިރު، އެމެރިކާ މިފަހަރު އޮތީ ހަމަހިމެނޭނުންނެވެ. ޕެރިސް އެގްރިމެންޓް އެކުލަވާލުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބުރަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ މޫސުމަށް އަންނަމުންދާ ބަދަލުތައް ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ. އަދި އެއީ ޗައިނާއިން އެމެރިކާގެ އިގްތިޞާދު ހަލާކުކޮށްލުމަށް ދައްކައިގެން އުޅޭ ފުލޯކު ވާހަކައެއް ކަމަށް ޓްރަމްޕް ގަބޫލުކުރައްވައެވެ.

ޕެރިސް އެގްރީމެންޓް ތަންފީޒުކުރާނެ އުޞޫލުތަކެއް މިފަހަރުގެ ސަމިޓްގައި ކަނޑައެޅުމަށް ނިންމާފައިވާއިރު، މިފަހަރުގެ ސަމިޓްގައި ނަގާ ކިޔާނީ ޗައިނާއިންނާއި ކުދި ޖަޒީރާ ހައުމުތަކުގެ ޖަމްއިއްޔާ، އަޔޯސިސްއިންނެވެ. މިފަހަރުގެ ސަމިޓްގެ ރިޔާސަތު ބަލަހައްޓާނީ އަޔޯސިސްގެ މެމްބަރު ގައުމެއް ކަމަށްވާ ފިޖީންނެވެ. މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ މަޝްވަރާތަކުގައި ކުޑަ ގައުމަކަށް ރިޔާސަތު ބަލަހައްޓަން ލިބޭ ފުރަތަމަ ފަހަރެވެ.

ޕެރިސް އެގްރިމެންޓުން ވަކިވާން އެމެރިކާއިން ނިންމި ނަމަވެސް މި މުޢާހަދާގައި ސޮއެކުރި އަނެއް 194 ގައުމުން ވަނީ އެއްބަސްވުމުން ވަކިނުވާނެ ކަމަށް ބުނެފައެވެ. އަދި ޗައިނާއިން ވެސް ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެގައުމުން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު