Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިޒްރޭލް މައްސަލަ

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި

21 އޮކްޓޯބަރު 2017 | ހޮނިހިރު 17:52

ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު އިޒްރޭލުން ހައްޔަރު ކޮށްގެން ގެންގުޅޭ މައްސަލާގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 21 އޮކްޓޯބަރު 2017 | ހޮނިހިރު 17:52
ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫގް އަލް-ޤާނިމް އައިޕީޔޫގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ބައްދަލުވުން ބޭއްވި ހޯލުން ނުކުތުމަށް އިޒްރޭލުގެ ވަފްދަށް ގޮވާލާފައި

ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫގް އަލް-ޤާނިމް އައިޕީޔޫގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ބައްދަލުވުން ބޭއްވި ހޯލުން ނުކުތުމަށް އިޒްރޭލުގެ ވަފްދަށް ގޮވާލާފައި

ފާއިތުވި ހަފްތާގެ ތެރޭގައި ރަޝިއާގެ ސެއިންޓް ޕިޓާރސްބާގްގައި ބޭއްވި އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވި އިޒްރޭލުގެ ވަފްދު ލަދުގަންނަވާލައި، އެބައްދަލުވުމުން ބޭރުކޮށްފި އެވެ.

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ބޭރުކޮށްފައި ވަނީ، ރަޝިއާގައި ބޭއްވި އައިޕީޔޫގެ 137ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

އައިޕީޔޫގެ މެމްބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ އައިޕީޔޫ އެސެމްބްލީގައި ބައިވެރިވި ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫގް އަލް-ޤާނިމް ވަނީ ބައްދަލުވުމުގައި ވާހަކަ ދައްކަން ލިބުނު ފުރުޞަތުގައި ފަލަސްތީނަށް އަތްގަދަކޮށްފައިވާ އިޒްރޭލުގެ ޔަހޫދީ ދައުލަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އައިޕީޔޫގެ މަޝްވަރާތަކުގެ ތެރޭގައި ވާހަކަ ދައްކަވަމުން، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާ ބޭއިންސާފާ ގުޅިގެން މަރްޒޫގް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިޒްރޭލުގެ ވަފްދު ބައްދަލުވުން ނުކުމެވަޑައިގަތުމަށް ގޮވާލާފައެވެ.

އިޒްރޭލު ލަދުގަންނުވާލި މިބައްދަލުވުމުގައި އިޒްރޭލުގެ ވަފްދުން ވާހަކަ ދައްކަން ފެށުމުން، ބައްދަލުވުމުގެ ބައިވެރިވި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުން ވަނީ މޭޒުގައި އަތް ޖަހައި، ފުރައްސާރަކޮށް، އިޒްރޭލުގެ ވަފްދުގެ ވާހަކަތަކަށް ހުރަސް އަޅާފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްފައިވާ މައްސަލާގައި ބޭއްވި މަޝްވަރާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިޒްރޭލުގެ ވަފްދަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫގް އަލް-ޤާނިމް ވިދާޅުވީ، އަނިޔާވެރި އިސްތިއުމާރީ އިޒްރޭލްގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ތަމްސީލް ކުރަނީ އެންމެ ނުރައްކާ ބާވަތުގެ ޓެރަރިޒަމް ކަމަށާއި، އެއީ ދައުލަތުން ހިންގާ ޓެރަރިޒަމް ކަމަށެވެ.

"ކަރާމާތުގެ ޒައްރެއްގެ މިންވަރު ހުރި ނަމަވެސް ހަމަ މިވަގުތު މިތަން ދޫކުރައްވާ ވަޑައިގަންނަވާާ! އިސްތިއުމާރީ ބާރާ! ކުޑަކުދިން މަރާ ޤާތިލް!" އިޒްރޭލުގެ ވަފްދަށް ނިސްބަތް ކުރައްވާ މަރްޒޫގް ވިދާޅުވި

އެ އަށް ފަހު އޭނާ ވަނީ، ލަދު އިހުސާސް ނުކުރެވޭ ނަމަ، ހިތް އެދޭހާ ގޮތަކަށް ކަން ކުރުމަށް ބުނެ ދުނިޔޭގެ މަޝްހޫރު މިސާލު ބަހަކުން އިޒްރޭލަށް ހަޖޫ ޖައްސަވާފައެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތައް ތަމްސީލްކުރާ މިބައްދަލުވުމުގައި އެހެން ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ކިޔާފައިވާ ފާޑުކިޔުންތައް އަޑުއިވުނު ނަމަ، ދަބަސްތައް ހިފައިގެން ހޯލުން ނުކުތުމަށް އޭނާ އިޒްރޭލުގެ ވަފްދަށް ގޮވާލެއްވި އެވެ.

"ކަރާމާތުގެ ޒައްރެއްގެ މިންވަރު ހުރި ނަމަވެސް ހަމަ މިވަގުތު މިތަން ދޫކުރައްވާ ވަޑައިގަންނަވާ. އިސްތިއުމާރީ ބާރާ. ކުޑަކުދިން މަރާ ޤާތިލް" އިޒްރޭލުގެ ވަފްދަށް ނިސްބަތް ކުރައްވާ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ އޭނާ ވިދާޅުވި އެވެ.

މަރްޒޫގް އަލް-ޤާނިމްގެ މިވާހަކަތަކަށް އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ މަންދޫބުން އެވާހަކަތަކަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން އަތް ޖަހަނިކޮށް، އިޒްރޭލުގެ ވަފްދު ވަނީ ބައްދަލުވުން ބޭއްވި ހޯލް ދޫކޮށް ވަޑައިގަންނަވާފައެވެ. މީގެ އިތުރުން އިޒްރޭލުގެ ވަފްދު ހޯލް ދޫކުރައްވާ ވަޑައިގެންނެވުމުން ވެސް، ހޯލްގައި ތިއްބެވި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އިވިގެންދިޔައެވެ.

މަރްޒޫގް އަލް-ޤާނިމްގެ ވާހަކަފުޅާ ބެހޭ ގޮތުން އައިޕީޔޫގައި ބައިވެރިވެވަޑައިގެންނެވި ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދުގެ އިސްވެރިޔާ އައްޒާމް އަލް-އަހުމަދު ވިދާޅުވީ، މަރްޒޫގުގެ ވާހަކަފުޅުން އަރަބި ހުރިހާ ޤައުމެއްގެ ޚިޔާލު ފާޅުވެގެން ދިޔަ ކަމަށެވެ. އަދި ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މަންދޫބުންގެ ކުރިމަތީގައި ދެއްކި އެވާހަކަފުޅުން، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ޒަޚަމްތަކަށް އަލިކަމެއް ލިބިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އެކުލަވާލުމަށް ކުރާ ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތައް، ބައިނަލްއަޤްވާމީ ޤާނޫނު ހަދާ މަޖިލިސްތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ސެއިންޓް ޕީޓަރސްބާގްގައި މިމަހުގެ 14 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އައިޕީޔޫގެ 137 ވަނަ ބައްދަލުވުމުގައި ދުނިޔޭގެ 176 ދައުލަތެއްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް