Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫސަލް މިނިވަންކުރުން

މޫސަލް މިނިވަންވުމުން ބޮޑުވަޒީރު އަބާދީ އެ ސިޓީއަށް ވަޑައިގެންފި

އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި އެއް ބޭފުޅަކީ ފްރާންސްގެ ރައީސް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޖުލައި 2017 | އާދީއްތަ 15:21
މޫސަލް ހިފުމަށް ހަނގުރާމަ ކުރަމުންދަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ން ފެށިގެން

މޫސަލް ހިފުމަށް ހަނގުރާމަ ކުރަމުންދަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ން ފެށިގެން

އައިއެސްގެ މައްޗަށް ކުރިހޯދުމުން އިރާގުގެ ސިފައިންނަށް މަރުހަބާ ދެންނެވުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ މޫސަލްއަށް ވަޑައިގެންފިއެވެ.

އަބާދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަބާދީ އެ ސީޓީއަށް ވަޑައިގަތީ "މިނިވަންވެ" "ނަސްރު" ލިބުނު ކަން އިއުލާނުކުރުމަށް ކަމަށެވެ.

އެމެރިކާގެ މަދަދާއެކު އިރާގުގެ ފައުޖުތަކުން މޫސަލް ހިފުމަށް ހަނގުރާމަ ކުރަމުންދަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ން ފެށިގެންނެވެ.

އައިއެސްގެ ހަނގުރާމަވެރިން މޫސަލް ހިފާފައިވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.އެއީ އެގައުމުގެ މުހިއްމުއްމު އެހެން ސަރަހައްދުތައް ހިފައި އިރާގާއި ސީރިޔާގައި ޚިލާފަތު އިއުލާނުކުރުމުގެ ކުރިންނެވެ.

ކުރުދިޝް ޕެޝްމާގާ ހަނގުރާމަވެރިންނާއި،ސުންނީ އަރަބި ހަނގުރާމަވެރިންނާއި އަދި ޝިއައީ ހަނގުރާމަވެރިންވެސްވަނީ އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިވެފައެވެ.

އިރާގުގެ ބޮޑުވަޒީރު ވަޑައިގަތީ"ސިފައިންނާއި އިރާގުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވުމަށް"އާދީއްތަ ދުވަހު ނެރެފައިވާ ބަޔާނުގައިވެއެވެ.

މަދު ސަރަހައްދުތަކުން ކުދި ކުދި ގޮވުންތަކާއި ބަޑީގެ ހަމަލާތަކުގެ އަޑު އަދިވެސް އިވޭއިރު ކޮންމެވެސް ވަރަކަށް ދުންއަރާ މަންޒަރުތައްވެސް ފެނެވެ.

އިރާގުގެ ފައުޖުތަކުން ކުރިއެރުމާއެކު ފިލަންދިޔަ އައިއެސްގެ ހަނގުރާމަވެރިންގެ ތިރީސް މީހަކު ވަނީ އެމީހުން އަމިއްލައަށް ޓައިގްރިސް ކޯރަށް ފުންމާލައިގެން މަރުވެފައިކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ސަރުކާރުންވަނީ އިރުމަތީ މޫސަލް އެކީގައި މިނިވަންވެފައިވާކަމަށް ޖެނުއަރީ މަހު އިއުލާނުކޮށްފައެވެ. ނަމަވެސް ހުޅަނގު މޫސަލްވެގެން ގޮސްފައިވަނީ ގޮންޖެހުންކުރިމަތިވި ސަރަހައްދަކަށެވެ.

މި ސިޓީގައި 2014 ވަނަ އަހަރު ހަނގުރާމަ ފެށުނުފަހުން 900،000 އެއްހާ މީހުންވަނީ ގެދޮރު ގެއްލިފައެވެ. އެހީދޭ ފަރާތްތަކުން ބުނާގޮތުގައި އެއީ ހަނގުރާމަ ފެށުމުގެ ކުރިން އޮތް އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުންނެވެ.

އިރާގުގެ ސިފައިން ސަރަހައްދުތަކުން ވަކިވަކިން ކުރިމަތިލާން ފެށިފަހުން އައިއެސްއަށްވަނީ އެ ޖަމާއަތުން ކުރިން ކޮންޓްރޯލް ކުރަމުން ދިއަ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ގެއްލިފައެވެ.

އިރާގަށް ލިބުނު ކާމިޔާބީ އެންމެ ފުރަތަ ފާހަގަކުރެއްވި ވެރިންގެ ތެރޭގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ހިމެނިވަޑައިގަންނަވައެވެ.

މެކްރޮން ވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރި ހަނގުރާމަވެރިންނާ ފްރާންސްގެ ސިފައިންނަށް ތައުރީފް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު