Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަމަށް ގެސްޓްހައުސްތައް ހުޅުވާލުން

ގެސްޓްހައުސްތައް ހުޅުވާލި ފަހުން ރަސްދޫއަށް އައި ފުރަތަމަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް

އާދިއްތަ ދުވަހު ރަސްދޫއަށް 6 ފަތުރުވެރިން ވަނީ އައިސްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2020 | އާދީއްތަ 16:05
އާދިއްތަ ދުވަހު އއ. ރަސްދޫއަށް އައިސްފައިވާ ފަތުރުވެރިން، އެރަށު ބަނދަރު ސަރަހައްދުގައި

އާދިއްތަ ދުވަހު އއ. ރަސްދޫއަށް އައިސްފައިވާ ފަތުރުވެރިން، އެރަށު ބަނދަރު ސަރަހައްދުގައި

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން ހުއްޓާލާފައި އޮތުމަށްފަހު، އަލުން އެ ހިދުމަތް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނުމާއެކު އއ. ރަސްދޫއަށް ފަތުރުވެރިން އަންނަން ފަށައިފިއެވެ.

ރަސްދޫ ކައުންސިލް މެންބަރު އަބްދުﷲ އަނީލް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުންދާ ރަށްތަކަށް ފަތުރުވެެރިން އައުމަށް ހުޅުވާލި ފުރުސަތުގައި އާދިއްތަ ދުވަހު އެރަށަށް 6 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އޭގެ އިތުރުން މި ހަފްތާގައި ދެ ގެސްޓް ހައުސްއަކަށް އިތުރު ފަތުރުވެރިން އައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަސްދޫއަށް ފަތުރުވެރިން އައުމުން އެރަށު ކައުންސިލާއި އާންމު ރައްޔިތުން ވަނީ އެ ފަތުރުވެރިންނަށް ރަށު ފެންވަރުގައި ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ރަސްދޫ ބަނދަރު ސަރަހައްދުގައި ވަނީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ރަސްދޫއަކީ ލޯކަލް ޓޫރިޒަމަށް ފައްކާވެފައިވާ ރަށަކަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން މި ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިކަމުން މަންފާ ހޯދަމުން އައި ފަރާތްތަކަށް އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އަނީލް ވިދާޅުވިއެވެ. ނަމަވެސް އަލުން ފަތުރުވެރިން އަންނަން ފެށުމުން ރަށުގެ އާންމު ހާލަތު ކުރިއަށްވުރެ ރަނގަޅު ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމަށް ހުއްދަ ދޭ ރަށްރަށުގައި ކޮވިޑަށް ޓެސްޓްކުރެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުންނަންޖެހޭއިރު، އެކަމުގެ ހުރިހާ ތައްޔާރީތަކެއް ރަސްދޫގައި ހަމަޖެހިފައިވާ ކަމަށް އަނީލް ވިދާޅުވިއެވެ. އަދި އާންމުކޮށް މީހުން ގޮސް އުޅޭ ކެފޭ ރެސްޓޯރަންޓްތަކާއި އެހެނިހެން ތަންތަންވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިތޯ ބަލާފައިވާނެ ކަމަށް އަނީލް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތައް ބަންދު ކުރުމަށް ފަހު އަލުން މި ވިޔަފާރި ފެށުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލުމުގެ ހުއްދަދެނީ، އެޗްޕީއޭއިން މިކަމާއި ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނަށް ފެތޭތޯ ބެލުމަށްފަހުއެވެ. އަދި ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށަކުން ގެސްޓްހައުސް އޮޕަރޭޓް ނުކުރާ ރަށަކަށް އާންމު އުސޫލުން ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު