Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީގެ މަޝްރޫއުތައް

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017 | އަންގާރަ 16:13

ދެހާސް ސާދަ ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ޖެނުއަރީ 2017 | އަންގާރަ 16:13
ޑރ ޝައިނީ ރައިސިނާގައި ވާހަކަ ދައްކަނީ

ޑރ ޝައިނީ ރައިސިނާގައި ވާހަކަ ދައްކަނީ

ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އައިހެވެން މަޝްރޫއުގެ ދަށުން މިހާތަނަށް އެއްވެސް ޕްރޮޕޯސަލް ލިބިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ދި ވަޔަރ އަށް ދީފައވާ އިންޓަރވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވެފައިވަނީ އަދި މިހާތަނަށް އައިހެވެން މަޝްރޫއު އަށް އެއްވެސް ޕްރޮޕޯސަލެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއެއް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މަޝްރޫއުއަށް ޕްރޮޕޯސަލް އަދި ފަންޑިން ލިބިފައިނުވިޔަސް، ޑރ. ޝައިނީ ވިދާޅުވީ ގިނަ ގައުމުތަކަކުން ހައިހެވެން އަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.

އައިހެވެން މަޝްރޫއުއަކީ އިހަވަންދިއްފޮޅުގައި ހިންގާ ތަރައްގީގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި އެއާޕޯޓާއި ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓް މަސައްކަތްތައް ކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އައިހެވެންގެ މަޝްރޫއު އާއި ގުޅޭ ގޮތުން 2015 ވަނަ އަހަރު ޑރ ޝައިނީ ވިދާޅުވެފައިވަނީ އައިހެވެން މަޝްރޫއު ތަރައްގީ ކުރުމަށް ސައުދީ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ އަމަލީ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

އައިއެހެވެން މަޝްރޫއުގެ ތެރެއިން އެއްވެސް ޕްރޮޕޯސަލެއް މިހާތަނަށް ލިބިފައިނުވާ އިރު ސްޕެޝަލް އިކޮނޮމިކް ޒޯން ( އެސްއީޒެޑްގެ ތެރެއިން) 2016 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެ ،މަޝްރޫއުގެ ދަށުން އެ ފައިސާ ލިބިފައެއް ނުވެ އެވެ. އަދި އެސްއީޒެޑްގެ ތެރެއިން މިއަހަރުގެ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ސްރީ ލަންކާގެ މާލީ ހާލަތަށް ދީމާވެފައިވާ ދަތިކަން ކުރިމަތިވީ ވެސް ޗާއިނާ އިން ހިންގަންފެށި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ކުރިމަތިވި ދަތިތަކަކާ ގުޅިގެން ކަމަށާއި ރާއްޖެވެސް އެފަދަ ދަރަނީގެ އަނދަވަޅަކަށް ވެއްޓިދާނެ ކަމާ މެދު ކަންބޮޑުނުވަންތޯ ދި ވަޔަރ އިން ސުވާލު ކުރުމުން ޑރ. ޝައިނީ ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން އެކަމަށް ސަމާލުވާ ކަމަށާއި ރާއްޖެއިން އެއްވެސް ހާލެއްގައި ދަރަނީގެ އަނދަވަޅަނަށް ވެއްޓިދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ. އެގޮތުން މިއަހަރަށްވެސް ސަރުކާރުން އަރަނި ބަޖެޓެއް ހުށަހަޅާފައިވާ އިރު މިއަހަރުގެ ބަޖެޓްގެ ތެރެއިން ރާއްޖޭގެ ދަރަނި ހިފެހެއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ މިންވަރު ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑު ތަން މައްޗަށް ގޮސްފަ އެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ ނިމުނު އިރު ބަޖެޓް ޑެފިސިޓް އުޅެނީ 4.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި 36.9 ބިލިއަން ރުފިޔާގައި ހުރި އިރު މި އަދަދު 2017 ވަނަ އަހަރު 41.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް