Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރު ސައުދު

މެންބަރު ސައުދު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

ބައްދަލުކުރެއްވީ އަވައްޓެރި ލަންކާގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 22:10
މެންބަރު ސައުދާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން

މެންބަރު ސައުދާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، ރައީސް މުހައްމަދު ނަޝީދާ ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ ސްރީ ލަންކާގެ ކޮލަމްބޯގައެވެ. މިއީ ސައުދު ރައީސް ނަޝީދާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނާ ގުޅިވަޑައިގެންފައިވާ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ރައީސް ނަޝީދާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހާއި، ގައުމީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ރައީސް މައުމޫން ފެކްޝަނާއި ގުޅިވަޑައިގަތުމާއިއެކު، ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުގެ ސުލޫކީ ކޮމިޓީއިން ވަނީ ސައުދު އެ ޕާޓީން ވަކިކޮށްފައެވެ. ރައީސް މައުމޫން ފެކްޝަންގެ ކައުންސިލުން މުއްދަތެއްނެތް ގޮތަށް ސަސްޕެންޑްކޮށްފައިވާ މި ސުލޫކީ ކޮމިޓީއިން ސައުދު ޕާޓީން ވަކިކުރަން ނިންމި ނަމަވެސް، ސައުދުވެސް އަދި ޕީޕީއެމްގެ އިންތިޚާބީ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ އެއީ ބާތިލް ނިންމުމެއް ކަމަށާ، އެ ނިންމުން ބަލައި ނުގަންނާނެކަން ހާމަކުރައްވާފައެވެ.

ސައުދު ޕާޓީން ވަކި ކުރުމާއެކު، ސަރުކާރުން ވަނީ، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ސައުދާ ގާތް ފަރާތްތައް ވަޒީފާއިންވެސް ވަކިކޮށްފައެވެ.

ސަރުކާރުގެ މި އަމަލުތަކާއި އެކު، ކުރިން ސަރުކާރަށް ބޮޑު ތާޢީދެއް އޮތް، ސައުދު ތަމްޞީލު ކުރައްވާ ގއ. ވިލިނގިލި ދާއިރާގެ ތާޢީދު މިހާރު ވަނީ ސަރުކާރާއި ދެކޮޅަށް އެނބުރިފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު