Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޭއެސްސީގެ ފޯމޭޝަނާ ގުޅޭ ބިލް

ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދާ، ލަފާގެ ދަށުން: ރައީސް ނަޝީދު

ޖޭއެސްސީ އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނައުމަށް ހުށަހެޅި ބިލް ވަނީ ބޭރުކޮށްލާފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2020 | އަންގާރަ 16:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާ، ލަފާގެ ދަށުން ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނައުމަށްޓަކައި ގާނޫނު އަސާސިއަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގެނެ، އަންގާރަ ދުވަހުގެ ޖަލްސާގައި އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުންނެވެ. ނުފެންނަ ކަމަށް 50 މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.

Advertisement - newsAdvertisement

މައްސަލަ ބޭރުކޮށްލުމުން، އިދިކޮޅު ޕީޕީއެމުން ސަރުކާރަށާއި، ވެރިކަން ކުރާ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީއާއި މި ސަރުކާރުގެ ނުފޫޒު ޝަރުޢީ ނިޒާމަށް އިންތިހާއަށް އޮތްކަމަށް ޕީޕީއެމުން ތުހުމަތުކޮށްފައި ވެއެވެ.

ޖޭއެސްސީއަކީ ވަކި ޚާއްޞަ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށާއި، ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގައި އެ ކޮމިޝަނުގެ ބާރުތައް ބަޔާންކުރެވިފައިވީ ނަމަވެސް ސަރުކާރުން ވަނީ އެ ބާރުތައް މަސްހުނިކޮށް، ޖޭއެސްސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންޞާފުވެރި ޙުކުމެއް ނުކުރެވޭ މިންވަރަށް ޝަރުޢީ ނިޒާމް ޕެރެލައިޒްކޮށްލާފައި ކަމަށް ވެސް ޕީޕީއެމުން ބުނެފައި ވެއެވެ.

ޕީޕީއެމްގެ އެ ވާހަކަތަކަށް ރައްދުދެއްވައި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުކޮށް، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދާއި، ލަފަޔާއި، އެނގުމާއި ބައިވެރިވުމުގެ ތެރެއިންކަން ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ކަންވީގޮތް ރައްޔިތުންނަށް މާ ބޮޑަށް ވެސް އެނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖޭއެސްސީއެއް ގާއިމުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެވެ.

އެގޮތުން ފަނޑިޔާރުގެއާއި ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އޭގެ އިތުރުން، ޖޭއެސްސީގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައެވެ. އަދި ކުރިން ސުޕްރީމް ކޯޓުން އަމިއްލައަށް ނަގައިގެން އުޅުނު ޖޭއެސްސީގެ ބާރުތައް އަލުން ޖޭއެސްސީއަށް ކަނޑައެޅިގެންދިއުމާއި، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލު ކުރުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު