Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވުން

އޮކްޓޯބަރު މަހު ރާއްޖެ އައި ޕްރައިވެޓް ޖެޓްގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

އޮކްޓޯބަރ މަހު 126 ޖެޓް އައިސްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 އޮކްޓޯބަރު 2020 | އަންގާރަ 06:53
އެއަރޕޯޓްގެ ދެ ދިމާލެއްގައި ހަދާފައިވާ ދެ އޭޕްރަންގައި ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވަނީ ޕާކްކޮށްފައި

އެއަރޕޯޓްގެ ދެ ދިމާލެއްގައި ހަދާފައިވާ ދެ އޭޕްރަންގައި ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވަނީ ޕާކްކޮށްފައި

އޮކްޓޯބަރު މަހު ރާއްޖެ އައި ޕްރައިވެޓް ޖެޓްގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބުނެފިއެވެ.

ވީއައިއޭގެ ޓްވިޓާރ އެކައުންޓުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓްގެ ދެ ދިމާލެއްގައި ހަދާފައިވާ ދެ އޭޕްރަންގައި ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވަނީ ޕާކްކޮށް ފުރާލާފައެވެ.

މީގެ އިތުރުން ވީއައިއޭއިން ނެރެފައިވާ ޕްރައިވެޓްޖެޓް އެރައިވަލްގެ ސްޓެޓިސްޓިކްއިން ދައްކާ ގޮތުގައި، ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ޕްރައިވެޓް ޖެޓް އައިސްފައިވަނީ އޮކްޓޯބަރ މަހުއެވެ. އެގޮތުން އޮކްޓޯބަރ މަހު 126 ޖެޓް އައިސްފައިވާ ކަމަށް ދައްކައެވެ.

އޮކްޓޯބަރ މަހަށް ފަހު އެންމެ ގިނަ ޕްރައިވެޓް ޖެޓް އައިސްފައިވަނީ ސެޕްޓެމްބަރ މަހުއެވެ. އެއީ 60 ޕްރައިވެޓް ޖެޓެވެ. ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ދެން އެންމެ ގިނަ ޕްރައިވެޓްޖެޓް އައިސްފައިވަނީ އޮގަސްޓް މަހުއެވެ. އެގޮތުން އެމަހު 59 ޖެޓް އައިސްފައިވާ ކަމަށް ދައްކައެވެ. މިއިން ކޮންމެ ބޯޓަކުން ވެސް ރާއްޖެއަށް ޒިޔާރަތް ކުރަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ މުއްސަނދިންނާއި އެ މީހުންގެ އާއިލާ ތަކުންނެވެ.

ޕްރައިވެޓް ޖެޓްގެ އިތުރުން ރާއްޖެއަށް އަންނަ އެއާލައިންތަކުގެ އަދަދު ވެސް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަހު ޓޫރިސްޓުންގެ އަދަދު ވެސް ނިސްބަތުން ރަނގަޅު މިންވަރަކަށް މައްޗަށް ހިނގައިދާނެ ކަމަށް ދާއިރާގެ ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ކޮންމެ އަހަރެއްގެވެސް އައު އަހަރާއި ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު