Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ދުނިޔެ

އަދީބު ގޭގައި ހުންނެވީ ފުއްޕާމެއާ ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން: ހޯމް މިނިސްޓަރު

24 އޮކްޓޯބަރު 2020 | ހޮނިހިރު 22:59

އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 24 އޮކްޓޯބަރު 2020 | ހޮނިހިރު 22:59
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ނުގެން ގޮސް ގޭގައި ބަހައްޓާފައި ހުރީ ފުއްޕާމެއާ ގުޅުން ހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަކަށް އިއުތިރާފު ވުމުންނެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި އަދީބު ގޭގައި ހުންނެވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަ ކަމަށާއި ފުއްޕާމެއާ ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާ ކަމަށެވެ. އެގޮތުން އަދީބު ނިދުމުގައި ވަކި ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭ ކަމަށާއި އެ މެޝިނަކީ ޖަލުގައި ބޭނުން ކުރެވޭ މެޝިނެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި މިނިސްޓަރު ވަނީ ޖަލު ހުކުމެއް އައިސްފައިވާ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް، އެފަރާތެއް ގޭގައި ހުންނަން ޑޮކްޓަރު ލަފާ ދެއްވާ ނަމަ ކަރެކްޝަނުން އެކަން ކުރަމުން އަންނަ ގޮތް ވެސް ތަފްސީލު ކޮށް ދެއްވާފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، މީހެއްގެ މައްޗަށް ހުކުމެއް އިއްވިގެން ދިއުމުން އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ގާނޫނީ އިޖުރާއަތްތަކެއް ހުންނަ ކަމަށާއި، އެގޮތުން އެމީހަކު ޖަލުގައި ބަހައްޓާނެ ތަނެއް ކަނޑައެޅޭ ފަދައިން، އެމީހެއްގެ ހާލަތު ނިޔާކުރާ ގޮތުން ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ބަހައްޓަންޖެހޭ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި އެފަދަ ފަރާތްތައް ބޭރަށް ފޮނުވަންޖެހޭ ފަހަރުވެސް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީއަކު ޖަލު ނޫން އެހެން ތަނެއްގައި ބެހެއްޓުމަށްޓަކައި ކަނޑައެޅިގެން ދާނީ ޖަލުގައި ހުންނަ ޑޮކްޓަރަށް ދެއްކުމަށް ފަހު ހާލަތު އިތުރަށް ގޯސް ނަމަ އެކަމާ ގުޅުން ހުރި ސްޕެޝަލިސްޓް އެހެން ޑޮކްޓަރަކަށް ދެއްކުމަށް ފަހު، އެ ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށެވެ.

ކުރީގެ ނައިބު ރައީސްއަށް ޖަލު ހުކުމެއް ކޮށް، ގޭގައި ބަހައްޓާފައި ހުރުމުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅުވައި އެފަރާތްތަކުން ބުނެފައި ވަނީ އަދީބުގެ ޖަލު ހުކުން ތަންފީޒު ކުރުމަށް ގޭގައި ބަހައްޓާ، ޔާމީން ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި އަދީބު ގޭގައި ބަހައްޓާފައި ހުންނަނީ ސަރުކާރާއެކު ހަދާފައިވާ ޑީލެއްގެ ދަށުން ކަމަށް ދޭހަވާ ގޮތަށް އިދިކޮޅުން އަންނަނީ ސަރުކާރަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
25 މާރިޗު 2017

ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

25 މާރިޗު 2017
 ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް