Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭގެ ފްލޫ ކުލިނިކް

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

ފުރަތަމަ މަރުހަލާގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 14 މާރިޗު 2017 | އަންގާރަ 22:44
އޭޑީކޭގައިވެސް ފްލޫކުލިނިކެއް މިއަދުވަނީ ގާއިމްކޮށްފައި

އޭޑީކޭގައިވެސް ފްލޫކުލިނިކެއް މިއަދުވަނީ ގާއިމްކޮށްފައި

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ފްލޫ ކުލިނިކެއް ހުޅުވާ އެ ކުލިނިކްގެ ޚިދުމަތް ބުދަ ދުވަހުން ފެށިގެން ސޯސަންގޭގައި ދޭން ފަށާނޭކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންގާރަދުވަހު އޭޑީކޭގެ ލޮބީގައި މި ޚިދުމަތް ދޭން ފެށިނަމަވެސް ޖާގައިގެ ދަތިކަމާއި އެކު، ބުދަދުވަހުން ފެށިގެން ފްލޫކުލިނިކުގެ ޚިދުމަތްދޭނީ ސޯސަންގޭ ނުވަތަ ފެކަލްޓީ އޮފް ސައިންސްގެ އިމާރާތުގައި ކަމަށެވެ. އަދި އެ ކްލިނިކްގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިންފެށިގެން ރޭގަނޑު 10.00 އަށް ދެމުން ގެންދާނޭކަމަށް އޭޑީކޭއިން ބުންޏެވެ.

Advertisement - newsAdvertisement

އޭޑީކޭއިން ގާއިމްކޮށްފައިވާ ކްލިނިކުގައިވެސް ފުރަތަމަ މަރުހަލާގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބަލިމީހުން އަންނަ ޢަދެއް ބަލާ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އަދި ޑޮކްޓަރުން އިތުރުކުރުމަށް ނިންމާފައިވާއިރު، މިވަގުތަށް ޑޮކްޓަރަކާއި ނަރުހަކު ބަލިމީހުން ބެލުމުގައި ހަރަކާތްތެރިވާނެކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.

އޭޑީކޭގެ ފުލޫކުލިނިކުގެ އިތުރުން އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލްގައި ވެސް ފްލޫ ކުލިނިކެއް ހުޅުވާ ޚިދުމަތްދޭން މިހާރުވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ފްލޫ ކްލިނިކްގައި 4 މީހުން ވަނީ އެޑްމިޓް ކުރެވިފައި!

15 މާރިޗު 2017
ފްލޫ ކްލިނިކްގައި 4 މީހުން ވަނީ އެޑްމިޓް ކުރެވިފައި!
14 މާރިޗު 2017

ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

14 މާރިޗު 2017
ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި
14 މާރިޗު 2017

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017
ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
14 މާރިޗު 2017

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017
 ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު