Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަރުދޫ އިންޖީނު ގޭގައި ރޯވުން

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

ޖަނަރޭޓަރު ރޯވުމުން މުޅި ރަށުން މިހާރު ވަނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 އެޕްރީލު 2017 | ހޯމަ 13:19
އަލިފާން ނިއްވާލީ ރަށުގެ ރައްޔިތުންނާއި އިންޖީނުގޭ ގެ މުއައްޒަފުން

އަލިފާން ނިއްވާލީ ރަށުގެ ރައްޔިތުންނާއި އިންޖީނުގޭ ގެ މުއައްޒަފުން

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެ، މުޅި ރަށުން ކަރަންޓްގެ ޚިދުމަތް މެދު ކެނޑިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުސްސިލްގެ ރައީސް އަބުދުﷲ ޝަފީގު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހޯމަދުވަހުގެ މެންދުރު 11:45 އެހާއިރު ކަމަށެވެ.

Advertisement - newsAdvertisement

އަކިފާން ރޯވީ އިންޖީނުގޭގައި އެވަގުތު ހިންގާފައި ހުރި 80 ކިލޯވޮޓްގެ ޖަނަރޭޓަރުގައި ކަމަށެވެ. ޝަފީގު ވިދާޅުވީ، ޖަނަރޭޓަރު ރޯވުމުން މުޅި ރަށުން މިހާރު ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އިންޖީނު ގޭގެ ފުރާޅުން ބޮޑު ބަޔަކާއި އިންވެގެން ހުރި އޮފީސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ރަށުގެ ރައްޔިތުންނާއި އިންޖީނުގޭގެ މުއައްޒަފުންގެ މަސައްކަތުން އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ނިންވާލެވިއްޖެ، އެހެންނަމަވެސް ޖަނަރޭޓަރު ހަމަ އެއްކޮށް އަދާފައި އެވަނީ. ބާރުއަޑެއް ކިޔާފައި ހަމަ ރޯވިތަން ފެނުނީ، ޑިއުޓީ އޮފިސަރަށް ވެސް،" ޝަފީގު ވިދާޅުވިއެވެ.

މިޚަބަރާއި ގުޅިގެން ފެނަކައިގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެނަސް ޝަފީގު ވިދާޅުވީ، ކައުންސިލުން ކުރި މަސައްކަތުން ފެނަކައިގެ އިސްފަރާތްތަކާއި ގުޅިފައިވާ ކަމަށާއި، ހއ. ކެލާގައި ހުރި ޖަނަރޭޓަރެއް މިހާރު ނަރުދޫއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެހެނަމަސް ރަށަށް ކަރަންޓް ދެވޭނެ ވަކި އިރެއް ނޭނގޭ ކަމަށް ޝަފީގު ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ފޯނަށް ޖަވާބު ނުދޭދީ ފުލުހުންގެ ކޮމެއްޓެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

09 އެޕްރީލު 2017
މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
03 އެޕްރީލު 2017

ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި

03 އެޕްރީލު 2017
ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު