Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންކަމް ސަޕޯޓް އެލަވަންސް

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 120 މިލިއަން ރުފިޔާ އެޕްރޫވް ކޮށްފި

މިނިސްޓްރީ އިން އެޕްރޫވްކޮށްފައި ވަނީ މުޅިއަކު 28،000 އެއްހާ އެޕްލިކޭޝަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 23:51
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން

އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 120 މިލިއަން ރުފިޔާ ދިނުމަށް މިހާތަނަށް އެޕްރޫވް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓެންޓް އެންޑް ޕްރޮޖެކްޓް ޑިރެކްޓަރ، އިންކަމް ސަޕޯޓް ޕްރޮޖެކްޓް ޝުހާދު އިބްރާހިމް ވިދާޅުވީ އޭޕްރިލް މަހުން ސެޕްޓެމްބަރ މަހަށް މުޅިއަކު 120 މިލިއަން ރުފިޔާ ދޫކުރުމަށް އެޕްރޫވް ކުރެވިފައިވާ ކަމަށާއި އެއީ މުޅިއަކު 28،000 އެއްހާ އެޕްލިކޭޝަން ކަމަށެވެ. ޝުހާދު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ވަކިވަކި ފަރުދުންނަށް ބަލާލާއިރު މިއީ 10،700 އަށް ވުރެ ގިނަ މީހުން ކަމަށް ޝުހާދު ފާހަގަ ކުރެއްވިއެވެ.

ޝުހާދު ވިދާޅުވީ މީގެ ތެރެއިން 23 ނުވަތަ 25 އިންސައްތަ މީހުންނަކީ އަންހެނުން ކަމަށެވެ. އެޕްރޫވް ކުރެވުނު އަދަދުތަކަށް ބަލާއިރު، ބޮޑު ބައެއް ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކިއެކި ވަޒީފާތައް އަދާކުރާ ފަރާތްތައް ކަމަށާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 60 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް އެޕްރޫވް ކުރެވިފައިވާ ކަމަށް ޝުހާދު ވިދާޅުވިއެވެ. މިއީ އެޕްރޫވް ކުރެވިފައިވާ އެލަވަންސްގެ 49 އިންސައްތަ ކަމަށްވެސް ޝުހާދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި އަދި ދަނޑުވެރިކަމުގެ ސިނާއަތް ވެސް ހިމެނިގެން ދަނީ އެންމެ ގިނަ އަދަދަކަށް އެލަވަންސް އެޕްރޫވް ކުރެވިފައިވާ ސިނާއަތްތަކުގެ ތެރޭގައި ކަމަށް ޝުހާދު ވިދާޅުވިއެވެ.

އިކޮނިމިކް މިނިސްޓްރީއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، އޭޕްރިލް މަހުން ޖޫން މަހަށް މިނިސްޓްރީއިން ވަނީ މަހަކު 15 ނުވަތަ 16 މިލިއަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދިނުމަށް އެޕްރޫވް ކޮށްފައެވެ. ޖުލައި މަހުން ސެޕްޓެމްބަރު މަހަށް، މަހަކު 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެލަވަންސްގެ ގޮތުގައި ދިނުމަށް ވަނީ އެޕްރޫވް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު