Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒުވާނުންގެ ދުވަސް ފާހަގަކުރުުން

ޒުވާނުންނަށް އަމާޒުކޮށް ކުރެވުނު މަސައްކަތްތަކަށް ހިތްހަމަޖެހުން ބޮޑު: ޔޫތް މިނިސްޓަރު

ޕީއެސްޕީގެ 40 އިންސައްތަ މަޝްރޫއުއަކީ ޔޫތްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއުތައް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 10:15
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް

ވޭތުވެދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ޔޫތް މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތްތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް އެހެން ވިދާޅުވީ، ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތް މިނިސްޓްރީން ބާއްވާ "މޯލްޑިވްސް ޔޫތު ކޭމްޕް 2020" އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މަހްލޫފް ވިދާޅުވީ، ދުނިޔޭގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ މި ދަނޑިވަޅުގައިވެސް އާއިލާތަކާއި ދުރުގައި އެންމެ އިސްދައުރެއް އަދާކުރަމުން ގެންދަނީ ދިވެހި ޒުވާނުން ކަމަށެވެ. ވަކިން ހާއްސަކޮށް ފޮރްންޓް ލައިންގައި މަސައްކަތްކުރާ ޒުވާނުންނަށް މަހްލޫފް ތައުރީފް ކުރެއްވިއެވެ.

ޒުވާނުންނާ ގުޅޭ ހަރަކާތްތައް ރާވާ ހިންގުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ޔޫތް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރީ އަހަރުތަކާއި އަޅައި ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުންދާކަން މަހްލޫފް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ހިންގާ ޕީއެސްޕީ މަޝްރޫއުގެ 40 އިންސައްތަ އަކި ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރެވެމުންދާ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

މަހްލޫފް ވަނީ ފާއިތުވެ ދިޔަ އަހަރު ޔޫތް މިނިސްޓްރީން ހިންގިފައިވާ މުހިއްމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އޭގެ ތެރޭގައި ޒުވާނުންގެ ގައުމީ މަޖިލީހުގެ ބައިވެރިވުމާއި އެކީ ބާއްވަމުން އަންނަ ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމް، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ޕްރޮގްރާމް، ލައިފް ސްކިލްސް ޕްރޮގްރާމްތަކާއި ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްގެ އިތުރުން ޒުވާން ލީޑަރު އުފެއްދުމަށް ކުރިޔަށް ގެންދިޔަ ކޭމްޕްތައް ފާހަގަކުރެއްވިއެވެ. ކޮވިޑް-19 ގެ ހާލަތުގައި ޔޫތް މިނިސްޓްރީން ދަނީ އޮންލައިންކޮށް އެކި ކަހަލަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

ފާއިތުވެދިޔަ އަހަރު ކުޅިވަރުން ހޯދިފައިވާ ކާމިޔާބީތަކުގެ ތަފްސީލު ދެއްވަމުން ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވީ، ކުޅިވަރު ކުރިއަރުވާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ދިވެހި ތާރީހުގައިވެސް ދައުލަތުގެ ބަޖެޓުން ހަރަދުނުކުރާ ވަރަށް ހަރަދުކޮށް ކުޅިވަރު ފެސިލިޓީސްތައް ގާއިމްކޮށް، ތަމްރީނުތައް ދީފައިވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެ އަށް ރަންވަނަ ތަކެއް ހޯދަ ދިވެހި ޒުވާނުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އިރު އަންހެން ފިރިހެން ތަފާތު ނައްތާލާ ގައުމީ އެތްލީޓުންނަށް ދޭ މުސާރަޔާ އިނާމުގެ ފައިސާ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

މަހްލޫފް ގަބޫލުކުރައްވާ ގޮތުގައި ގިނަ ކަންތައްތަކެއް ކުރެވުނުކަމުގައިވިޔަސް އިސްލާހު ކުރަން ޖެހޭ އެބަހުއްޓެވެ. އެކަންތައްތައް ރަނގަޅު ކުރަން ޒުވާނުންގެ މަޝްވަރާ ހޯދާ ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދޭން މަސައްކަތްކުރައްވާ ކަމުގެ ޔަގީންކަން މަހްލޫފް ދެއްވިއެވެ.

"މޯލްޑިވްސް ޔޫތު ކޭމްޕް 2020" ހުޅުވާލާފައިވަނީ ރާއްޖެ އާއި ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަކޮށްގެން އޮންލައިންކޮށް ހިންގާ ކޭމްްޕެކެވެ. މި ކޭމްޕް ހިންގުމުގައި މިނިސްޓްރީއާއިއެކު ލީޑިން ޕާޓްނަރެއްގެ ގޮތުގައި ޔޫއެންޑީޕީ ބައިވެރިވެއެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި އެންސީޓީސީ، ޔުނިސެފް، ޔޫރަޕިއަން ޔޫނިއަން، ނެޝަނަލް ޔޫތް ކައުންސިލް ހިމެނެއެވެ. މި ކޭމްޕްގެ މައިގަނޑު މަގްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުން ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު

ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު

22 މެއި 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު