Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހަތު

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

މިދިއަ އަހަރު ހަމައެކަނި ސިނގިރޭޓް އެތެރެކޮށްގެން 622 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ފެބުރުއަރީ 2017 | ބުރާސްފަތި 15:36
އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ކަސްޓަމްސްގެ ވެރިން

އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ކަސްޓަމްސްގެ ވެރިން

ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަނީ ރައްޔިތުން އެކަމުން ދުރުރުމަށް ކަމަށް ސަރުކާރުން ބުނީ ނަމަވެސް މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ސިނގިރޭޓްގެ ޑިއުޓީން 622 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފައިވާއިރު، ސިނގިރޭޓް ބުއިމުން ރައްޔިތުން ދުރުކޮށް، ހޭލުންތެރި ކުރުމަށް ހިންގުމަށް ހެލްތް މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކުން ރާވާފައިވާ އެއް ވެސް ހަރަކާތްތަކަށް އެއްވެސް ބަޖެޓެއް ލިބިފައިނުވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސިނގިރޭޓާއި ލުއި ބުއިމާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރާ، މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އިސްވެރިން ވަޑައިގެން ވިދާޅުވީ ސިނގިރޭޓް ބުއިމުން ރައްޔިތުން ދުރުކުރުން ޖެހޭ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެކޮމެޓީއަށް ވަޑައިގެންނެވި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުހައްމަދު އާއި ކަސްޓަމްސްގެ ކަމާބެހޭ އިސްބޭފުޅުން ވިދާޅުވީ ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާވަރު ކޮންމެ އަހަރަކުވެސް އިތުރުވެގެން އަންނަ ކަމަށެވެ. އެހެންކަމުން އެއީ ސިނގިރޭޓް ބޭނުކުރާ މިންވަރުވެސް ކޮންމެ އަހަރުރަކުވެސް އިތުރުވެގެންދާކަން ހާމަކޮށްދޭ ކަމަށް ކަމަށެވެ.

"2016ގައި 497 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ރާއްޖެ އެތެރެކުރި، 2015ގައި 460 މިލިއަން ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވޭ،" ކަސްޓަމްސްއިން ބުނެއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް މިއަހަރު ލިބިފައިވަނީ މިހާތަނަށް ލިބުނު އެންމެ ކުޑަށް ބަޖެޓް ކަމަށެވެ.

"މިއީ މިހާތަނަށް ލިބުނު އެންމެ ކުޑަ ބަޖެޓް. މުޅި ޖުމްލަ ލިބުނީ 3.5 މިލިއަން ރުފިޔާ، އެއީ ހުރިހާ ޚަރަދަކަށް. މިހާރު މިއަހަރު ގަންނަންހުރި ކުޑަކުދިންނަ ޖަހާ ވެކްސިންނާއި ޓީބީފަދަ ބޮޑެތި ބަލިތަކަކަށް ބޭނުންވާ ބޭސްތަކަށް ގަތީމަ މި މިއަހަރުގެ ބަޖެޓަށްވުރެ (ޚަރަދު) އިތުރު. އެހެންވީމާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގޭނީ ފުރަތަމަ ބަލިތަކަށް ބޭސްދީފަ. މިއަހަރު ހޭލުންތެރި ޕްރޮގްރާމްތަކަށް އެއްވެސް ބަޖެޓެއް ނެތް،" ޑރ. ރަމީލާ ވިދާޅުވި އެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ފަރާތުން އެކޮމެޓީއަށް ވަޑައިގެންނެވި ހަސަން މުހައްމަދު ވިދާޅުވީ ދުންފަތުން ރައްޔިތުން ދުރުކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ބޭނުންވިޔަސް އެކަމަށް ވޭތުވެދިޔަ ދެތިން އަހަރުވެސް ބަޖެޓެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯ ފަދަ މުއައްސަސާތަކުގެ އެހީގައި ބައެއް ހަރަކާތްތައް ހިންގާފައިވާނެ ކަމަށެވެ.

"ސިނގިރޭޓުން މީހުން ދުރުކުރުމަށް ޑަބްލިއުއެޗްއޯ ބުނަނީ އެންމެ އިފެކްޓިވް ކަމަކީ ސިނގިރޭޓް އަގުބޮޑު ކުރުމޭ، އަގުބޮޑު ކުރާއިރުވެސް 75 އިންސައްތައަށްވުރެ ބޮޑުކޮށް ކުރުމުން މީހުން ހުއްޓާލުމަށް ވިސްނާނީ. ސިނގިރޭޓް ބޯމީހުން ކަންބޮޑެއް ނުވާނެ ކުޑަކޮށް އަގުބޮޑުކޮށްގެންނެއް. އަދި އަގުބޮޑު ކުރާއިރު، އެއާއެކުއެކީ އެއްކޮށްކުރަންޖެހޭ ކަންތައްތައް ނުކޮށެއް ވެސް ނުހުއްޓުވޭނެ، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަންޖެހޭނެ،" ހަސަން މުހައްމަދު ވިދާޅުވި އެވެ.

ހެލްތް ޕޮރޮޓެކްޝަން އެޖެންސީއާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ބޭފުޅުން ވެސް ވިދާޅުވީ މިޒަމާނުގައި ހޭލުންތެރި ކުރުމަށް ތަފާތު ވަސީލަތްތައް ބޭނުންވާ ކަމަށެވެ. ހަމައެކަނި ޓީވީ ޕްރޮގްރާމަކަށް އަރާ ވާހަކަ ދެއްކި ނަމަވެސް އެއީ އެހާ "އިފެކްޓިވް" ކަމަކަށް ނުވާކަމަށެވެ.

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2019

އޭޑީކޭއިން މިއަހަރުވެސް ލައިވްކޮށް ސާރޖަރީއެއް ކޮށްފި

17 ސެޕްޓެމްބަރު 2019
އޭޑީކޭއިން މިއަހަރުވެސް ލައިވްކޮށް ސާރޖަރީއެއް ކޮށްފި
18 ޖުލައި 2019

މި އަހަރުވެސް ޔޫކޭ އަށް ކިޔަވަންދާ ކުދިންނަށް ހާއްސަ ކޮށްގެން ވަގުތީ ވިސާ ސެންޓަރެއް

18 ޖުލައި 2019
މި އަހަރުވެސް ޔޫކޭ އަށް ކިޔަވަންދާ ކުދިންނަށް ހާއްސަ ކޮށްގެން  ވަގުތީ ވިސާ ސެންޓަރެއް
10 މެއި 2019

މި އަހަރުވެސް 2000 ކޯޓާ ލިބޭނެ: ޝާފިއު

10 މެއި 2019
މި އަހަރުވެސް 2000 ކޯޓާ ލިބޭނެ: ޝާފިއު
13 ޖެނުއަރީ 2019

މިދިއަ މަހު 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު

13 ޖެނުއަރީ 2019
މިދިއަ މަހު 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު
27 މާރިޗު 2018

ސޮވެރިންގ ބޮންޑު ވިއްކުމަށް މިއަހަރުވެސް ތައްޔާރުވަނީ

27 މާރިޗު 2018
ސޮވެރިންގ ބޮންޑު ވިއްކުމަށް މިއަހަރުވެސް ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު