Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖިނާއީ އިޖުރާއަތުގެ ގާނޫނު

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމުލު ކުރުމަށް ހަމަޖެހިފަ އޮތީ މިދިއަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 08:16
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފުލުހުން އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން--

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފުލުހުން އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން--

މިއަހަރުގެ ޖުލައި މަހު އަމަލުކުރުމަށް ހަމަޖެހިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފުލުހުން އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ބުދަ ދުވަހު ފެށި މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ފަރާތުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމުގެ ތެރެއިން ހިންގާ ކޮންމެ ކުލާހެއްގައި 35 ފުލުހުން ބައިވެރިވާއިރު މި ކްލާސް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުގައިވާ ބައިތަކާއި ކުރިން އަމަލުކުރަމުން އައި ގޮތާއި ޖިނާއީ އިޖުރާޢަތުގެ ގާނޫނަށް އަމަލުކުރުން ފެށުމާއެކު އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ކްލާސްތައް ނަގައިދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހިންގި ޓްރެއިނަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފުލުހުން ކަމަށް ފުލުހުން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އަމަލު ކުރުމަށް ކުރިން އޮތް ނަމަވެސް އެގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާ، އެ ގާނޫނަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފަސްކޮށްފަ އެވެ.

މިހާރު އެގާނޫނަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު