Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރުން

ތުރާކުނުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރެވޭނެ ހަރަދު ކުޑަ ގޮތެއް ބަލަނީ

ތުރާކުނުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވި އެރަށުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ލިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގަންނަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޮކްޓޯބަރު 2020 | ބުދަ 07:34
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

އެންމެ ޚަރަދު ކުޑަކޮށް ފުލުހުންގެ ޚިދުމަތް ހއ. ތުރާކުނުގައި ދެވޭނެ އިންތިޒާމެއް ގާއިމު ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ އެޖެންޑާގެ ދަށުން ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ ތުރާކުނުގައި ފުލުހުންގެ ޚިދުމަތް ދިނުމާއި ގުޅޭގޮތުން މިނިސްޓަރުގެ ވިސްނުންފުޅު ހުރި ގޮތާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ތުރާކުނުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވި އެ ރަށުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ލިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ. އަދި މި އަހަރުގެ މެދު ތެރޭގައި ތުރާކުނުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރުމާއި ގުޅޭ ގޮތުން މަސައްކަތްތަކެއް ކުރަމުން ގެންދެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، ފުލުހުންގެ އަދަދަށް ނުވަތަ ފުލުހުންގެ ތެރެއަށް އިތުރު ބެޗެއް ލިބުމަށް ވަރަށް ބޮޑަށް ފިނޭންސާ އެކު މަޝްވަރާ ކުރަމުން ދިޔަ ކަމަށާއި އަދި އެކަން ކޮށް ދެއްވާނެ ފުލުހުން ދެންނެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ފުލުހުންގެ އަދަދު އިތުރު ކޮށް ދެވެން ނެތް ކަމަށް ފިނޭންސުން ވިދާޅުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނުވާ ރަށްތަކުގެ އަދަދު މިހާރު ނިސްބަތުން މަދު ނަމަވެސް، އަދިވެސް ބައެއް ރަށްރަށުގައި އެއްވެސް ވަރަކަށް ފުލުހުންގެ ހިދުމަތް ނުދެވި އެބަހުއްޓެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު