Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ލަންކާގައި

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

ސިޔާސީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2017 | ބުރާސްފަތި 12:06
ރައީސް ނަޝީދު ލަންކާގައި ދެއްވި ޕްރެސް ކޮންފަރެންސްގެ ތެެރެއިން

ރައީސް ނަޝީދު ލަންކާގައި ދެއްވި ޕްރެސް ކޮންފަރެންސްގެ ތެެރެއިން

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އުންމީދު ކަނޑުއްވާނުލައްވާ ކަަމަށާއި ރައީސް ޔާމީން ބަލިކުރައްވާނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ދެ އިންތިހާބުގައި ވެސް ބައިވެރިވެވޭނެ ކަން ކަށަވަރުވެފައިވަނީ އެންމެ ފަހު ވަގުތުގައި ކަމަށެވެ. އަދި، އަންނަ އިންތިހާބުގައި އެކަން ހަމަ އެގޮތަށް ތަކުރާރުވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވި އެވެ.

Advertisement - newsAdvertisement
"ރައީސް ޔާމީންއަށް ކެރިވަޑައިގަންނަވަންޔާ އަޅުގަނޑާ ވާދަކުރައްވަވާ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނުތައް ބޭނުންކޮށް މިނިވަން އިންތިހާބަކަށް ހުރަސް އަޅައި، މިނިވަން މީޑިޔާއަށް ގިނަ ހަމަލާތަކެއް އަމާޒުކުރެވޭކަން ފާހަގަކުރައްވަމުން، ނަޝީދު ވިދާޅުވީ މިިނިވަން އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.

ދިވެހިން އެދޭނީ ދިވެހިންގެ ހާލަތު ރަނގަޅުކުރަން ކަމަށާއި އެ ހުވަފެން ނަގާނުލެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި، ގައުމުގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ސަރުކާރާ މެދު އާންމުންގެ ހިޔާލު ބަދަލުވެ، ކުރިން ސަރުކާރަށް ތާއީދުކުރި ގިނަ ބައެއްގެ ސަޕޯޓު ސަރުކާރަށް ގެއްލެމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރައީސް ޔާމީން ހުރަސްއަޅުއްވާނޭ ކަމަށް ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މިނިވަން އިންތިހާބެއް ބޭއްވުމަށް ރައީސް ޔާމީނަށް މަޖުބޫރުކުރަން ޖެހޭ ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ސަރުކާރުގެ ވަކިވަކި ބޭފުޅުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ. އަދި، ސިޔާސީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު