Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް މަރުހަބާގެ މެސެޖް

ރައީސް ސޯލިހު ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް: ކާމިޔާބީގެ ފަހަތުގައި ވަނީ ކަމަނާގެ ހިންގުންތެރި ސިޔާސަތުތައް!

އެ ކަމަނާގެ ލޭބަރ ޕާޓީއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2020 | އަންގާރަ 13:34
ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާން

ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާންއަށް މަރުޙަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ޖަސިންޑަރ އާޑާންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އިންތިޚާބުގައި ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ކާމިޔާބީގެ ފަހަތުގައި ވަނީ، އެ ކަމަނާގެ ހިންގުންތެރި ސިޔާސަތުތައް ކަމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުންވެސް ކޯވިޑް-19 ގެ ޙާލަތާއި ކުރިމަތިލުމަށް އެ ކަމަނާ ގެންގުޅުއްވާ ސިޔާސަތުތަކަކީ، މުޅި ދުނިޔޭގެ ތަޢުރީފު އެ ކަމަނާއަށް ލިބުނު ސިޔާސަތުތަކެއް ކަމުގައި ފާހަގަކުރައްވައި، އެ ސިޔާސަތުތަކަށް ތަޢުރީފުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާއި ނިއު ޒިލެންޑާ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި، އަދި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމުގައެވެ.

ރައީސް މި މެސެޖު ނިންމަވައިލެއްވީ، ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކާއި، ކުރިއެރުމާއި، ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުންނެވެ.

ޖަސިންޑަރ އާޑާން ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތީ، ހުސްވި ހަފުތާގައި ބޭއްވި އެ ޤައުމުގެ ޢާންމު އިންތިޚާބުގައި އެ ކަމަނާގެ ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީއާ އެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު