Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެވަޓަނުން ލިވަޕޫލާ އެއްވަރުކުރުން

އެވަޓަން އޮތީ ލިވަޕޫލާ އެއް ފެންވަރެއްގައެއް ނޫން: އަންޗެލޮޓީ

19 އޮކްޓޯބަރު 2020 | ހޯމަ 17:23

އެވަޓަން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޮކްޓޯބަރު 2020 | ހޯމަ 17:23
އެވަޓަނުގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ

އެވަޓަނުގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ އެއްވަރުކުރެވުނު ނަމަވެސް، އެވަޓަން އޮތީ ލިވަޕޫލާ އެއް ފެންވަރެއްގައި ނޫން ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަނުން ވަނީ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލާ 2-2 ން އެއްވަރުކޮށްފައެވެ. މި މެޗުގައި ދެ ފަހަރުވެސް ލިވަޕޫލުން ލީޑު ނަގާފައިވަނިކޮށް އެވަޓަނުން ނަތީޖާ އެއްވަރުކުރިއެވެ.

މިދިޔަ ސީޒަނަކުގެ މެދަކާ ހަމައިން އެވަޓަނާ ހަވާލުވި އަންޗެލޮޓީ ބުނީ ލިވަޕޫލާ ދެކޮޅަށް އެވަޓަނުން ރަނގަޅު ވާދައެއް ކުރި ކަމަށާއި، މި މެޗުގައި އެ ޓީމުން ގިނަ ކަންތައްތަކެއް ރަނގަޅުކުރި ކަމަށެވެ. އަދި ލިވަޕޫލާ އެއްވަރުކުރެވުނު ނަމަވެސް، އެވަޓަން އަދި އޮތީ އެ ޓީމާ އެއް ފެންވަރެއްގައި ނޫން ކަމަށްވެސް އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ އިތުރަށް ބުނީ އެވަޓަނުގެ ފެންވަރު ދުވަހެއް ދުވަހަކުން ރަނގަޅު ވަމުން އަންނަ ކަމަށާއި، އެ ޓީމުގެ އަމާޒަކީ ލީގުގައި ހިމެނޭ ވަރުގަދަ ޓީމުތަކާ ރަނގަޅު ވާދައެއްކޮށް ނަތީޖާ ނެރުން ކަމަށެވެ.

މި ސީޒަނުގައި އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެވަޓަނުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އެ ޓީމުގެ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ލަނޑު ޖެހިއިރު، އެ ލަނޑާއެކު މި ސީޒަނުގައި މިހާތަނަށް އެވަޓަނުން ކުޅުނު ފަސް މެޗުގައިވެސް ކަލްވެޓް-ލެވިން ވަނީ ލަނޑު ޖަހާފައެވެ. އަދި އެއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

މިހާތަނަށް ލީގުގައި ކުޅުނު މެޗަކުން އެވަޓަން ބަލިވެފައި ނުވާއިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް