Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ދަރަނި

ދައުލަތުގެ ދަރަނި 2012 އިން 2018 އަށް އެކަނިވެސް 172 ބިލިއަން ރުފިޔާއަށް އަރާ!

19 އޮކްޓޯބަރު 2020 | ހޯމަ 09:59

ދައުލަތުގެ ޖުމްލަ ދަރަނި: 172،019،077،710.06ރ (ސަތޭކަ ހަތްދިހަދެ ބިލިއަން ނަވާރަ މިލިއަން ހަތްދިހަހަތް ހާސް ހަތްސަތޭކަދިހަ ރުފިޔާ ހަ ލާރި)

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އޮކްޓޯބަރު 2020 | ހޯމަ 09:59
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން 172 ބިލިއަން ރުފިޔާގެ ދަރަނި ނުވަތަ ލޯނު ނަގާފައިވާކަން ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން، ވަކި ހިސާބަކުން، މުޅި މަޖިލިސް ކޮމެޓީއަކަށް ގޮސް، ދައުލަތުގެ ދަރަންޏާ ގުޅޭ ޑްރާފް ރިޕޯޓާ ގުޅޭ ބަހުސް ކުރައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ މެމްބަރުންވަނީ ވަރަށް ދިގުކޮށް ބަހުސް ކުރައްވާފައެވެ.

Advertisement - newsAdvertisement

މި ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ ދައުލަތުގެ ދަރަންޏާ ގުޅޭ ވަރަށް ގިނަ ތަފްސީލްތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި އަދި ކޮމެޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ފަރާތުން ވަރަށް ތަފްސީލްކޮށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް ޝުކުރު ވެސް އަދާ ކުރައްވާފައެވެ. މުޅި މުޖިލީގެ ކޮމެޓީން ބަލާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުން ނަގާފައިވާ ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި އެލޯނުތައް ނަގާފައިވަނީ ގާނޫނާ އެއްގޮތަށް ސައްހަ ގޮތުގައިތޯ ބެލުމާއި، އަދި ނެގާފައިވާ ދަރަނި އަނބުރާ ދައްކަން ޖެހުނުއިރު، ދައުލަތުގެ މާލިއްޔަތާއި އާމްދަނީއާ ގުޅޭ ގޮތުންނެވެ.

ދަރަނީގެ ގޮތުގައި މަޖިލީހުން ބަލާ 7 ބާވަތެއްގެ ދަރަނީގެ ތަފްސީލީ މައުލޫމާތު މަޖިލީހުގެ ރައީސް ވަނީ ކޮމެޓީއަށް ހިއްސާ ކޮށް ދެއްވާފައެވެ. އެގޮތުން، ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ ގޮތުގައި 49 ލޯނު މިވަގުތު ވެސް އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނަގާފައިވާ 124 ލޯނު އޮތް އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީގެ ދަރަނީގެ ގޮތުގައި 114 ގެރެންޓީ އެބައޮތް ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

2012 އިން 2018 އަށް ނަގާފައިވާ ދަރަނީގެ ތަފްސީލް

މުޅި މަޖިލީހުގެ މި ކޮމެޓީން ވަނީ، މިހާރު ދައުލަތަށް ލިބެމުންދާ އާމްދަނީ ދައުލަތުން ނަގާފައިވާ ދަރަނި ދެއްކުމަކީ ކުރެވޭވެރުގެ ކަމެއްކަމަށް ނުވާތީ، ލޯނުތައް ދޫކޮށްފައިވާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

މިދިއަ އަހަރުގެ ޑިސެމްބަރުން ޗައިނާއިން ފެނުނު ކޮވިޑް-19 ރޯގާ މުޅި ދުނިޔެއަށް ފެތުރި، ދުނިޔޭގެ އިގްތިޞާދު ދަށަށް ގޮސްފައިވާއިރު، ރާއްޖޭ އިގްތިޞާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް