Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚަޒާނާގައި އެއްޗެއް ނެތް

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

ހަޤީގީ ރިޒާވްގައި ހުރީ 25 މިލިއަން ޑޮލަރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 މާރިޗު 2017 | ހޯމަ 03:59
އަމީރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އަމީރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރާއްޖެއަށް ބޭނުންވާ އެއްމަސްދުވަހުގެ ކާޑު ގަންނާނެ ފައިސާ ވެސް ދިވެހި ދައުލަތުގެ ޚަޒާނާގައި ނެތް ކަމަށް އެމްޑީޕީގެ އިޤްތިސޯދީ ކޮމެޓީގެ ނައިބު މުޤައްރިރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިދިކޮޅު އިއްތިހާދު, އެމްޔޫއޯގެ ހިޔަނި ކެބިނެޓްގައިވެސް ހިމެނިވަޑައިގަންނަވާ އަމީރު ވިދާޅުވީ ރާއްޖޭގެ ސެންޓްރަލް ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދައުލަތުގެ ރިޒާވް ސަރުކާރުގެ އެކިއެކި ކަންކަމަށް ބޭނުން ކުރަމުންދާ ތަން ފެންނަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރެވިގެން ވާނެ ގޮތް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ އެމްއެމްއޭއިން ހާމަ ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބޭނުން ކުރެވޭ ދައުލަތުގެ ރިޒާވްގެ ގޮތުގައި ހުރީ 201 މިލިއަން ޑޮލަރުކަމަށް ބުނާއިރު ރިޒާވް ބޭންކް އޮފް އިންޑިޔާއާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނަގާފައިވާ ޑޮލަރުތައް ކަނޑާލުމުން ހަޤީގީ ރިޒާވްއެއްގެ ގޮތުގައި ހުރީ 25 އަކަށް މިލިއަން ޑޮލަރު ކަމަށެވެ.

"201 މިލއަން ޑޮލަރުގެ ތެރެއިން 110 މިލިއަން ޑޮލަރާއި އެސްބީއައިއިން ނަގާފައިވާ 75 މިލިއަން ޑޮލަރު ކަނޑާލީމާ ހަޤީގީ ރިޒާވް އަކަށް މިހުރީ 25 މިލިއަނެއްހާ ޑޮލަރު. މިއީ ހަޤީގަތުގައި ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެ އަދަދަކީ ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ ކެޕިޓަލްގެ ގޮތުގައިވެސް ހުންނަވަރު އަދަދެއް ކަމަށާއި މިހާ ހިސާބަށް މިދިޔައީ އެމްއެމްއޭ މިނިވަން ތަނެއްގެ ގޮތުގައި ހިނގުމުގެ ބަދަލުގައި އެ މުއައްސަސާގެ ޒިންމާ އަދާނުކޮށް ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކުރުމުގެ ސަބަބުން ކަމަށެވެ.

އަމީރު ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އިމްޕޯޓަށް ބަރޯސާ ވެފައިވާ ޤައުމަކަށް ވާއިރު ހަ މަހުގެ އިމްޕޯޓަށްވާ ޑޮލަރު ރިޒާވްގައި ހުންނަން ވާނެ ކަމަށާއި މަދުވެގެން ތިން މަހުގެ އިމްޕޯޓަށްވާ ޑޮލަރު ރިޒާވްގައި ހުރުން މަޖްބޫރު ކަމަށެވެ.

"އިޤްތިސޯދީ ނަޒަރަކުން ބަލާއިރު ހުންނަން ޖެހޭނެ ހަމަސް. އެކަމަކު ނުވެގެންދާއިރު، ރާއްޖެއަކީ ކުޑަ ޤައުމަކަށް ވާއިރު ތިން މަސް ހުންނަންވާނެ ބޭނުން ކުރެވޭ ރިޒާވްއަށް ބަލާއިރު. މިހާރު ހުރީ އެންމެ 25 ދުވަހުގެ އިމްޕޯޓް" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިދާގޮތައް ދާނަމަ މިއަހަރުގެ ޖުލައި ހިސާބަށްދާއިރު ރަނގަޅު ނުކުރެވިއްޖެ ނަމަ މުދަލުގެ އަގު އަނެއްކާވެސް އިންތިހާއަށް އިތުރަށް ބޮޑުވެ ރައްޔިތުންނަށް އެކަން ތަހައްމަލް ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ ލިބޭ ފާއިސާއަށް ވާ ގޮތެއް ހޯދާނަން: ޝިފާޒް

ދައުލަތުގެ ލިބޭ ފާއިސާއަށް ވާ ގޮތެއް ހޯދާނަން: ޝިފާޒް

13 އެޕްރީލު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު