Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިދަ ބޭނުންކުރުމުގެ އުސޫލު

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

ދައުލަތް ނިސްބަތް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް- އަދާލަތު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 މާރިޗު 2017 | ހޮނިހިރު 15:16
އަދާލަތު ޕާޓީ

އަދާލަތު ޕާޓީ

ދިވެހި ދިދަ ހެޔޮގޮތުގައި ބޭނުން ކުރުމުގެ ހައްގު ދިވެހިންގެ ކިބައިން ނިގުޅައިގަތުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ހޮނިހިރު ދުވަހު ކޮށްފައިވާ ޓްވީޓްގައި ވަނީ ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން ކަމަށާއި އެއީ ދިވެހި ދައުލަތުގެ ރަމްޒެއް ކަމަށް ބުނެފަ އެވެ. އަދި ދައުލަތް ނިސްބަތްވަނީ ހުރިހާ ރައްޔިތުންނަށް ކަމަށް ވެސް އަދާލަތުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އަދާލަތުން މިހެން ބުނެފައިވާ އިރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ދިވެހި ދިދަ އިހްތިރާމާއެކު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދިވެހި ދިދަ ބޭނުން ކުރުމުގެ އުސޫލެއް އެކުލަވާ ލުމާ ގުޅިގެން ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންވެސް އަންނަނީ އެކަމާ މެދު ކޮންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

އެގޮތުން ގައުމީ ދިދަ ބޭނުންކުރުމާއި ގުޅޭ އުސޫލަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއްކަމަށާއި ގައުމީ ދިދައާއި ބެހޭ ގާނޫނެއް ނެތި އުސޫލެއް ނުހެދޭނެކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު އާއި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ގާނޫނީ ވަކީލު ހިސާން ހުސައިން ވެސް ވަނީ ރައްޔިތުންނަށް ކަންކަން މަނާކުރެވޭނީ ހަމައެކަނި ގާނޫނަކުން ކަމަށާއި މިނިސްޓްރީއެއްގެ އުސޫލަކީ ރައްޔިތުންގެ މައްޗަށް ގާނޫނީ ގޮތުން ބާރު ހިންގޭނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަދި ގާނޫނީ ވަކީލުން މިގޮތަށް ވިދާޅުވެފައިވަނީ ހ. ތެމާގައި ހިންގަމުންދާ، ރައީސް މައުމޫން އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް، ޢަބްދުލް އަލީމް އާދަމް ވިދާޅުވީ، ހޯމް މިނިސްޓްރީން ނެރެފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުޞޫލާ ހަވަލާދީ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިދަ، އެގޮތަށް ނުނެގޭނެ ކަމަށް، ބުރާސްފަތި ދުވަހުގެރޭ އޭނާއަށް ގުޅައި، ފުލުހުން އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވީ، ޕާޓީގެ އޮފީހަކަށް ނުވާތީ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް ވެސް ފުލުހުން އަންގާފައިވާ ކަމަށެވެ.

ހޯމް އެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުސޫލުގައި ވަނީ ގައުމީދިދައިގެ ޝަރަފާއި އިއްޒަތް ހިފެހެއްޓޭ ފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ބަހައްޓަންވީ ގޮތާއި، އަދި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅާފައެވެ.

އެ އުސޫލުގައި ގައުމީ ދިދައިގެ ކުލަތަކާއި ސިފަ އަދި ދިދައިގެ މިންތައް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ހުންނަންވާނެ ތަންތަނާއި، ވަކި ވަގުތެއްގައި ދިދަ ނަގާފައި ހުންނަން ވާނެ ތަންތަން ވެސް ބަޔާންކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު