Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެލްޖީއޭގެ ބޯޑު

އެލްޖީއޭ ބޯޑު ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި

އެލްޖީއޭ ބޮޑުގައި މިހާރު ތިއްބަވަނީ 9 މެމްބަރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 އެޕްރީލު 2017 | ހުކުރު 07:17
ރައީސް ޔާމީން

ރައީސް ޔާމީން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެބިލް ފާސްކޮށްފައި ވަނީ 44 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓް ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވާއިރު، އެޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައިވަނީ ވެސް އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، ބިލަށް ބަހުސް ކުރުމަށް ވޯޓަށް އަހައި، ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެއްޖެ ނަމަ ހަމަ އެ ޖަލްސާގައި އެ ހުރިހާ ކަމެއް ކުރިއަށް ގެންދާ ގޮތަށެވެ.

އެބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ފޮނުވުމުން އެކޮމެޓީގެ ބައްދަލުވުމެއް އަންގާރަ ދުވަހު ބާއްވާ އެބިލަށް މާބޮޑު ބަދަލެއް ނުގެނެސް ވަނީ ފާސްކޮށްފަ އެވެ.

ފަހަކަށް އައިސް މިފަދަ މުހިއްމު ބިލްތައް 24 ގަޑިއިރުގެ ތެރޭގައި މަޖިލީހުން ދަނީ ފާސްކުރަމުން ނެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބިލަށް ތާއީދުކުރައްވާ ވާހަކަ ދެއްކެވިއިރު، އިދިކޮޅު މެމްބަރުން ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ބާރު ސަރުކާރުގެ މުށުތެރެއަށް ގެނައުމަށް ކުރާ ކަމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.

ސަރުކާރުގެ ފަރާތުން އިސްލާހް ގެނައީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށެވެ. އަލަށް ގެނައި އިސްލާހުގެ ދަށުން އެލްޖީއޭގެ ބޯޑުގައި ދެން ތިބޭނީ ފަސް މެމްބަރުންނެވެ. އެ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުައްވާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.

މީގެ އިތުރުން ވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

މިހާރު އެލްޖީއޭގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު