Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް

ކޮމިޓީގައި ކުޑަކުއްޖާގެ މައުލޫމާތު ހާމަކުރެވުނީ އޮޅުމަކުން، މައާފަށް އެދެން: ޕީޖީ

15 އޮކްޓޯބަރު 2020 | ބުރާސްފަތި 14:20

މި މައުލޫމާތުތައް ހާމަކުރީ ލައިވް ކޮށް ބްރޯޑްކާސްޓް ކުރި ކޮމިޓީ ބައްދަލުވުމެއްގައި

އަމަން ހަލީމް
އަމަން ހަލީމް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 14:20
ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުޑަކުއްޖެއްގެ މައުލޫމާތު ހާމަކުރެވުނު މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މައާފަށް އެދިވަޑައިގެންފިއެވެ.

ބުދަ ދުވަހު ލައިވް ކުރި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި މި މައުލޫމާތު ހާމަކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އައިޝަތު ނަބާހާއެވެ. އަދި މި ކޮމިޓީގައި އެ ކުއްޖާގެ މައްސަލައިގައި ހާމަވާން ނުޖެހޭ އެތައް ތަފްސީލެއް ވަނީ ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މައާފަށް އެދިވަޑައިގެން ކުރެއްވި ޓްވީޓުގައި ޕީޖީ ޝަމީމް ވިދާޅުވީ، އެއީ އެ ކޮމިޓީ ބްރޮޑްކާސްޓް ކުރަމުން ދާކަން ނޭނގި ހުރެ އޮޅުމަކުން ހިއްސާކުރެވުނު މައުލޫމާތެއް ކަމަށެވެ. އަދި މި ފަދަ ކަމެއް ތަކުރާރު ނުވާނޭހެން އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން، ޖިންސީ އަނިޔާގެ ނުވަތަ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ.

އެގޮތުން އެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ވަނީ، އެ ކުށުގެ ޝިކާރައަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް، މީޑިއާގައި ހާމަކުރުމަކީ، ހުއްދަ ކަމެއް ނޫން ކަމަށެވެ. މި އުސޫލާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށައެޅުމުގެ ބާރު ޖެންޑަަރ މިނިސްޓަރަށް ލިބިދީފައިވާ އިރު، ކުށް ސާބިތުވާ މީހުން 10،000ރ. އާއި 15،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް ލިބިދެއެވެ.

ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މައުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާ ކަމެކެވެ. އެގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރަނީ، ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަކަށް އެ ކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށްގެން ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް