Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމިން ރަޝީދުގެ މަރު

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

ޔާމިން މަރާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 23ގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2018 | އާދީއްތަ 14:18
ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދު

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދު

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ޝަރީއަތުގެ އަޑުއެހުންތައް ވަނީ ސިއްރުކޮށްފަ އެވެ. ސުވާލަކީ އޭގައި ފޮރުވަން އޮތީ ކޯއްޗެއް ހެއްޔެ؟

އޭޕްރީލް، 23، 2017 ގައި ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، މިހާތަނަށް ހުރިހާ އަޑުއެހުމެއް ވެސް ބޭއްވީ ސިއްރުކޮށްގެންނެވެ

މިކަމާ ގުޅިގެން މީހަކު ފަހަރެއްގައި ބުނެދާނެ އެވެ. އެމީހުންގެ މައްޗަށް ހިންގާ ޝަރީއަތް ތަކުގެ އަޑުއެހުންތަކަށް ނުވަނަސް ހުކުމް ކުރީމަ އެނގޭނެ ނޫން ހެއްޔެ؟ ނަމަވެސް ގާނޫނު އަސާސީގައި ހުޅުވާލެވިފައިވާ މިނިވަން އިންސާފުވެރި ޝަރީއަތްތަކެއް ހިންގުމަށް ބާރު އަޅަނީ ލިބެން ޖެހޭ ހައްގެއް ކަމަށްވާތީ އެވެ. އިސްތިސްނާވެގެންވާ ވަކި ހާލަތްތަކެއްގައި މެނުވީ ޝަރީއަތެއް ސިއްރު ކުރެވިގެންނުވާނެ ކަމާއި އެ ސަބަބުތައް ލިޔެފައިވަނީ ވެސް އެހެންވެ އެވެ. މައްސަލައިގައި ހިމެނޭ ދެ ހަސްމުން ގެނެސް ޝަރީއަތް ކުރާ ގާޒީ މައްސަލައެއް ބަލާ ހުކުމް ކުރުމަކީ އިންސާފު ލިބުން ކަމަށް މިހާރު ނުބެލެވެ އެވެ. އިންސާފު ލިބޭކަން އެހެން މީހުނަށް ކަށަވަރުވާން ވެސް ޖެހޭނެ އެވެ.

ޔާމިން މަރުގެ މައްސަލައިގައި ކޮށްފައިވާ ދައުވާއާ ގުޅިގެން ކުރާ ޝަރީއަތްތައް އަޑުއަހަން ޔާމިންގެ އާއިލާ އާއި ނޫސްވެރިންނާއި އަދި އެހެނިހެން މީހުން ވަންނަން ބޭނުންވަނީ އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުވާން ޖެހޭނެ ކަމަށް ގަބޫލު ކޮށްގެނެއް ނޫނެވެ. ނަމަވެސް އޭގެ އެއް ބޭނުމަކަށް ވާނީ ދައުލަތުން ކޮށްފައިވާ ދައުވާގައި ފުލުހުންނަށް ހޯދުނު އެއްޗަކީ ކޮބައިތޯ އާއި ފުލުހުން ކޮށްފައިވާ މަސައްކަތް ބަލާލުމެވެ. އަދި ދައުލަތުން އެމީހުންނާ ދެކޮޅަށް ހުރި ހެކިތަކާއި ގަރީނާތައް ވަޒަންކޮށްފައިވާ މިންވަރާއި އަދި އެ މައްސަލާގައި ހުށަހަޅާފައިވާ ހެކިތައް ވެސް ބަލާލުމުގެ ބޭނުމުގަ އެވެ. އަދި ހުކުމް އަންނާނީ އޭގެ ފަހުން ކަމަށްވާތީ ހުކުމާ ހިސާބަށް ވާސިލް ވުމާ ހަމައަށްވެސް ޝަރީއަތުގެ އަޑުއެހުންތައް ބަލާލުމުގެ އެންމެ ބޮޑު ބޭނުމަކީ މިއީ އެވެ. އިންސާފުވެރި ވިސްނުމަކުން ވިސްނާ މީހަކަށް އެ ހިސާބުން ކޮންމެ ހުކުމެއް ކުރި ނަމަވެސް އެ ހުކުމާމެދު މާ ބޮޑު ޝަކުވާއެއް ނުކުރާނެ އެވެ.

އެހެން ނަމަވެސް މި ގޮތަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރޭ ގޮތަކަށް ޝަރީއަތް ސިއްރު ކުރުމުން ފެންނާނީ މައްސަލައިގައި ގާޒީ ކޮށްފައިވާ ހުކުމެވެ. ސާބިތު ނުވި ނަމަ ނުވީ ކީއްވެ ކަމެއް އަދި ދައުލަތުން ހުށަހަޅި ހެކިތަކަކީ ކޮބައިކަމެއްވެސް މީހުނަކަށް ނޭނގޭނެ އެވެ.

ރަހްމު ކުޑަ ގޮތެއްގައި މަރާލެވިފައިވާ ބައެއް މީހުންގެ މަރުގެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިންވެސް ހުޅުވާލެވިގެން ކުރިއަށް ގެންގޮސްފައިވާއިރު ޔާމިން ރަޝީދުގެ މަރުގެ މައްސަލަ މިހާ ސިއްރުކުރަން ޕީޖީ އޮފީހުން އެދެންވީ ސަބަބެއް ނޭނގެ އެވެ. އޭގެ ސަބަނުން ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ދައުލަތުގެ ބައެއް މުވައްސަސާތަކުން ސިއްރުކޮށް ފޮރުވަން އުޅޭ ކަމަށް ތުހްމަތު ކުރުމުގެ ފުރުސަތު އިންތިހާއަށް އެބަ ލިބިގެންދެ އެވެ. އާއިލާއިން އެދެނީ އެ ޝަރީއަތުގެ އަޑުއެހުންތައް ދާގޮތް ބަލާލުމަށެވެ. ނޫސްވެރިން ބޭނުންވާނީ އެހަބަރު އާންމުންނަށް ގެނެސްދިނުމެވެ. ޕީޖީ އޮފީހުގެ ދައުރަކަށް ވާންވާނީ ދައުލަތުގެ މަސްލަހަތާ އެއްގޮތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުމުގެ އިތުރުން އެކަން ދައްކަދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު