Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!

މި މަހުގެ 20 ވަނަ ދުވަހު ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރާއިރު، އަދިވެސް ސޮއި ހަމަނުވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2019 | އަންގާރަ 01:23
ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި އަދި މެމްބަރުންގެ އިހްލާސްތެރިކަމެއް ނެތް ކަމުގެ ވާހަކަ މިއީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެވެ. ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ މެމްބަރުން އެ މެމްބަރުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރާ ވާހަކައެވެ. މުސާރަ ހައްގުވާ މިންވަރަށް މެމްބަރުން މަސައްކަތް ނުކުރާ ވާހަކައެވެ. ކޮންމެއަކަސް މިއީ ރަށު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ "އިއްޒަތްތެރި" މެމްބަރުންނާއި ގުޅުވައި ރައްޔިތުން ދައްކަމުން އަންނަ ވާހަތަކެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަބަދުވެސް ރައްޔިތުންގެ މި ވާހަކަތަކާއި ދެކޮޅު ހަދައެވެ. އެ މެމްބަރުންނަކީ ގައުމަށް އިޚްލާސްތެރި މެމްބަރުންތަކެއް ކަމަށް ވަކާލާތު ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް މެމްބަރުންގެ އިހްލާސްތެރިކަން ރައްޔިތުންނަށް ހާމަކޮށްދޭން ފުރުސަތު ލިބޭ ކޮންމެ ދަނޑިވަޅެއްގައިވެސް ބައެއް މެމްބަރުންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އެހެން މަންޒަރެކެވެ. މިކަން މަޖިލީހުގެ ތަޅުމުން އެންމެ ފަހުން ހާމަވެގެން ދިޔައީ ނިމިގެން ދިޔަ އަހަރުގެ އެންމެ ފަހު ޖަލްސާގަ އެވެ.

ޑިސެމްބަރު މަހު 15 ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން ތަކައް ގާނޫނީ ބާރު ލިބިގެންދާނެ ބިލް ފާސްކުރުމަށް އެޖެންޑާކޮށްފައި އޮތެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި މަރުތަކުގެ ހަގީގާތް ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭތީ އެވެ. ނަމަވެސް، އެކަން އެއީ މުހިންމު ކަމެއް ކަމަށް މަޖިލީހުގެ މެމްބަރުންނަށް ނުވި އެވެ.

އެ ޖަލްސާގައި އެ ބިލަށް ވޯޓަށް ނޭހުނީ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ނެތުމުންނެވެ. މިކަމުގައި ވަކި ޕާޓީއެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެކަން ކުރަން އެއްވެސް ބަޔަކު ހެޔޮ ނިޔަތުގައި ބޭނުން ނުވީ އެވެ. ކޮލިޝަންގައި ހިމެނޭ ހުރިހަ ޕާޓީތަކަކުން މިއީ މުހިންމު ކަމެއްގެ ގޮތުގައި ދެކުނު ނަމަ ބިލް އޮންނަނީ ފާސްވެފަ އެވެ. އެކަން ނުކޮށް ދައުރު ނިންމާލުމުން ރައީސް ސޯލިހް ކަންބޮޑުވުން ފާޅުކުރެއްވެވި އެވެ. އަދި ހަތަރު ލީޑަރުން އެންމެ ފަހުން ޑިސެމްބަރު 20 ގައި ބޭއްވި ބައްދަލުވުމުން ނިންމި، އެ ބިލް ފަސްކުރަން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށެވެ.

ހަތަރު ލީޑަރުން އެކަން ނިންމެވިތަާ މަހެއް ވުމަށް ވަނީ ގާތްވެފަ އެވެ. އެ ޖަލްސާ ބޭއްވުން ލަސްވަމުން ދަނީ މެމްބަރުން ސޮއި ނުލިބިގެން ކަމަށާއި މިހާތަނަށް ލިބިފައިވަނީ އެންމެ 22 މެމްބަރުންގެ ސޮއި ކަމަށް، ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. ބައެއް މެމްބަރުންގެ މި ފަހަރުގެ އުޒުރަކީ މެމްބަރުން ޗުއްޓީގައި ތިބުމާއި، މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މި ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް މަޖިލީހުން ހަމަޖައްސައިދޭން ޖެހެއެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ. އަދި ޖަލްސާ ބޭއްވިޔަސް، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމު ބިލެއް ފާސްކުރަން 43 މެމްބަރުންގެ ބޭނުންވެ އެވެ.

މިވަރުގެ އިހްލާސްތެރިކަމެއް، ބޮޑު މުސާރަ ނަންގަވާ ރައްޔިތުންގެ މަންދޫބުންނަން ނުދެއްވުނެވެ. މެމްބަރުން ސޮއި ނުދެއްވަންވީ ހަގީގީ ސަބަބެއް، ގަބޫލުކުރޭ ސަބަބެއް ނެތެވެ. ގަބޫލުކުރެވޭ އޮތީ އެންމެ ސަބަބެކެވެ. އެ ބިލް ފާސްކޮށްފި ނަމަ، ގިނަ ބައެއް މެމްބަރުން ކެޔޮކޭ މިންވަރު އެނގުމެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 155 މީހުންގެ އެކައުންޓަށް ވަދެފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެ ލިސްޓްގައި މެމްބަރުން ހިމެނޭނެ ކަމަށް ތުހުމަތު ކުރެއެވެ. އެހެން ނޫންނަމަ ހިޔާނާތުގެ މައްސަލަތައް ބެލުމަށާއި ދައުލަތަށް ގެއްލިގެން ގޮސްފައިވާ ފައިސާ ހޯދަން ރިޔާސީ ކޮމިޝަނަށް ބޭރު ދިނުން ލަސްކުރުމުގެ ބޭނުމެއް ނެތެވެ. ލަސްކުރަންވީ ކީއްވެތޯ އެވެ. މި ސުވާލަށް މެމްބަރުން ޖަވާބު ދެއްވާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟

ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟

02 ޖެނުއަރީ 2018
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު